07 October 2005

LAW AND JUSTICE

އަންހެނުން ޤާޟީކަން ކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ޝައިޚް ޝަހީމް ނެރުއްވި ފަތުވާއަކީ ޤަބޫލުކުރެވޭނެ ފަތުވާއެއް ނޫން

06/10/2005 | ދިޕޮލިޓިކްސް ލީގަލް ޓީމް

ަނޫސްވެރިން ދީނީ މައްސަލަތަކުގެ ޙުކުމްތަކާއި ބެހޭގޮތުން ލިޔުމަކީ މިފަދަ ޢިލްމީ، އަދި ހޭލުންތެރި ޒަމާނެއްގައި އެމީހުންގެ ފަރާތުން މީހުން ބަލައިގަންނާނެ އެއްޗެއްނޫނެވެ. އައްޑުވަހުގެ އެޑިޓަރު ފާޠިމަތު ވެލެޒީނީ އިސްލާމް ދީނުގައި އަންހެނުން ޤާޟީކަން ކުރުމުގެ ޙުކުން ބަޔާން ކުރުމަކުން ދިވެހީން އެވާހަކަ ޤަބޫލެއް ނުކުރާނެއެވެ. އަދި ކަމަށް ކަމުވޮށިގެން ނުވާ އެފަދަ ބައެއްގެ ފަރާތުން ހާމަކުރެވޭ ޚިޔާލީ ވާހަކަތައް ދީނީ ޙުކުމްތަކެއްގެ ގޮތުގައި ޤަބޫލުކޮށްގެން ނުވެސް ވާނެއެވެ. އެހެންނަމަވެސް، ދީނީ ޢިލްމުވެރީންގެ ގޮތުގައި މަޝްހޫރުވެ، 'ޝައިޚުން' ކަމަށް މުޖުތަމަޢު ޤަބޫލުކުރާ މީހުން، ނޫސްތަކާއި، ވެބްސައިޓުތަކުގައި ދީނީ ވާހަކަތައް ލިޔުމުން ނުވަތަ ދީނީ މައްސަލަތަކުގައި ފަތުވާ ނެރުމަކީ ޢާންމުން އެމީހުންގެ ފަރާތުން އެވާހަކަތައް ޤަބޫލުކޮށް ބަލައިގަންނާނެ ކަމެކެވެ.
ނޫސްވެރިންގެ ދީނީ ފަތުވާތަކުގެ ނުރައްކަލަށްވުރެ ބޮޑު ނުރައްކަލަކީ މިދެންނެވިފަދަ 'ދީނީ ޢިލްމުވެރިން' ހަމައެކަނި އެމީހުން ޤަބޫލުކުރާ ވަކި ގޮތަކަށް ފަތުވާ ދިނުމާއި، އެމީހުން ޤަބޫލުކުރާ ވަކިގޮތަކަށް ބާރުލިބޭގޮތަށް ފަތުވާ ނެރުމާއި، ޒަމާނީ މައްސަލަތަކަށް ދީނުގެ ޙުކުމް ބަޔާންކުރުމުގައި ތިމާމެން ޤަބޫލުކުރާ ވަކި މަޒުހަބެއް ނުވަތަ ވަކި ދީނީ ޚިޔާލަކީ، އެމައްސަލައެގައި އޮތް، ހަމައެކަނި ރަނަގޅު ގޮތް، ނުވަތަ ޞައްޙަ ގޮތްކަމަށް ހަދަން މަސައްކަތްކުރުމެވެ. އަދި މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ބޭފުޅުންގެ ފަރާތްޕުޅުން މިބާވަތުގެ ޢަމަލުތައް ފެންނަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި ދީނީ މައްސަލަތަކުގެ ޙަޤީޤަތް ޢާންމުންނަށް އޮޅިގެން ހިނގައިދާނެ ކަމެކެވެ.
ދާދިފަހުން އަންހެނުން ޤާޟީކަން ކުރުމާއިބެހޭގޮތުން ޝައިޚް މުޙަމްނަދު ޝަހީމް ޢަލީ ސަޢީދު ނެރުއްވާފައިވާ ވަތުވާއަކީ މިދެންނެވި ޒާތުގެ ފަތުވާތަކުގެ ސިސިލާއަށް އިތުރުވެގެން ދިޔަ އައު ބޮޅެކެވެ. ޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސައީދު (އަދާލަތު ޕާރޓީގެ އިސް ތަރުޖަމާނު އަދި އެޕާރޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ މެމްބަރު) ދާދިފަހުން އަދާލަތު ޕާރޓީގެ ރަސްމީ ވެބްސައިޓާއި މިވެބްސައިޓުގައި އަންހެނުން ޤާޟީކަން ކުރުމުގެ ޙުކުމް ބަޔާން ކުރައްވާ، ޝާއިޢު ކުރެއްވި ލިޔުމުގައި އަންހެނުންނަށް ޤާޟީކަން ދިނުމުގެ ވާހަކައަކީ މިފަހަކަށް އައިސް ދެކެވެން ފަށާފައިވާ ވާހަކައެއް ކަމަށާއި، އެފަލްސަފާއަކީ ޖަސްޓިސް މިނިސްޓަރު ނެރުއްވައިގެން އުޅުއްވާ ފަލްސަފާއެއްކަމަށް، ލިޔުއްވާފައިވިޔަސް، ޙަޤީޤަތުގައި މިމައްސަލައަކީ އުންމަތުގެ ކުރީގެ ދަންނަ ބޭކަލުންގެ  މެދުގައިވެސް  ބަޙުސްކުރެވި،  ޚިޔާލު ތަފާތުވެފެ،  މިއުންމަތުގެ    ޢިލްމުވެރިން    ވަކިގޮތަކަށް    އިޖްމާޢް     ވެފައިނުވާ މައްސަލައެކެވެ.
ޝަހީމު ނެރުއްވި ފަތުވާގައި އަންހެނުން ޤާޟީކަން ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ނޫންކަމަށް ވިދާޅުވެ، އައްޑުވަހުގެ އެޑިޓަރު ފާޠިމަތު ވެލެޒީނީ ދީނީ ޢިލްމެއްނެތި ދުނިޔަވީ ކަންކަމުން ހެކިދައްކައިގެން ވަކި އަތަކަށް ބުރަވެ، އަންހެނުން ޤާޟީކަން ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއްކަމަށް ހަދަން ކުރި މަސައްކަތަށް ފާޑުކިއުއްވާ އިންކާރު ކުރެއްވިއިރު، ޚުދު ޝައިޚު ޝަހީމުގެ ފަތުވާވެސް ބިނާކުރައްވާފައި އޮތީ ވަރަށް ތިލަ، އިސްލާމީ ފިޤުހުގެ މިނަގަނޑުތަކުން ކިރާއިރު ބަރުދަން ކުޑަ، ވަކި ކޮޅަކަށް އަޅުވެތިވެފައިވާ ފިކުރެއްގެ މައްޗަށެވެ.

 

މިހެން މިދެންނެވީ ތިރީގައި އެވާ މައިގަނޑު ސަބަބުތަކަށް ޓަކައެވެ.

ޝައިޚް ޝަހީމުގެ  ފަތުވާގައި  މިމައްސަލައާއި ބެހޭގޮތުން،  ދަންނަ  ބޭކަލުންގެ  ރައުޔު  ގެންނަވައި،  އަންހެނުން   ޤާޟީކަން  ކުރުމުގެ   މައްސަލައަކީ  އެބޭކަލުންގެ މެދުގައިވެސް ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްކަމަށް  ބަޔާން  ކުރައްވައި،   އެބޭކަލުންގެ   ރައުޔުތައް   ފިޤުހީ  އަދި  އުޞޫލީ ނަޒަރަކުން ތަޙްލީލުކުރައްވައި، އޭގެތެރެއިން އެންމެ ޢަމަލުކުރުން ހެޔޮކަންބޮޑޫވެގެންވާ އަދި އެންމެ ޞައްޙަ ގޮތަކީ މިވެނި ގޮތެއްކަން ބަޔާން ކުރެއްވުމުގެ ކުރީން، ޖަސްޓިސް މިނިސްޓަރާ މުޚާޠަބުކުރައްވައި އަންހެނުން ޤާޟީކަން ކުރުމަކީ "އިސްލާމީ އުސޫލެއް ނޫން" ކަމަށް ވިދާޅުވެ، މިފަދަ ބަޙުސެއްގައި ގެންގުޅުއްވަންޖެހޭ ޢިލްމީ މިންގަނޑާއި ޒަންހަޖުން ބޭރުވެވަޑައިގެން، އަމިއްލަފުޅަށް ބުރަވެވަޑައިގަންނަވާ ވަކި ޚިޔާޔަލަކަށް ނަޞްރުދެއްވަން މަސައްކަތް ކުރައްވާފައިވާތީއެވެ. އަދި މިމައްސަލާގައި އެއްވެސް ޢިލްމުވެރިއެއްގެ ވާހަކަ ގެންނެވުމުގެ ކުރީން، މައްސަލާގެ ޙުކުމް އަމިއްލަފުޅަށް ބުރަވެވަޑައިގަންނަވާ ގޮތަށް ބަޔާން ކުރެއްވީތީވެސް މެއެވެ.
މިމައްސަލާގައި އެއް ޒަމާނެއްގެ، އެއް އުމުރުފުރާވަރެއްގެ ދަންނަބޭކަލުންތަކެއްގެ މެދުގައި ޚިޔާލު ތަފާތުވެފައިވާކަމަށް، ޚުދު ޝައިޚް ޝަހީމް ބަޔާން ކުރެއްވިއިރު، މައްސަލާގައި ޢިލްމުވެރީންގެ އިޖްމާޢް އޮތްކަމަށް ވިދާޅުވެ، ފިޤުހީ އަދި އުސޫލީ މިންގަނޑުތަކަށް ބަލާއިރު ފުށޫއަރާފަދަ ގޮތަކަށް މައްސަލާގެ ޙުކުމް ބަޔާންކުރެއްވީތީވެސް މެއެވެ.

 

އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ 'އިސްލާމީ އުސޫލެއް ނޫން' ކަމަށާއި، އެކަމަކީ ދީނުގައި ހުއްދަކަމެއް ނޫންކަން ސާބިތުކުރެއްވުމަށް ޝައިޚް ޝަހީމް ގެންނެވި ހެކިތަކަށް އަވަސް ކަޅިއެއް

ޝައިޚް ޝަހީމް ލިޔުއްވާފައިވަނީ "ޤާޟީކަމަށް އިސްކުރެވޭނީ ފިރިހެނުންނެވެ. އަންހެނުންނަށް ޤާޟީކަން ދިނުމަކީ ނަބަވީ ޙަޔާތުގައި ދެކެވިފައިވާ ވާހަކައެއްނޫނެވެ. މިއީ ކީރިތި ރަސޫލާގެ ޒަމާނުގައްޔާއި، ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ތަކުގައްޔާއި، އަޞްޙާބު ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެއްނޫނެވެ. އެބޭކަލުންގެ މެދުގައި މިމައްސަލައިގައި ޚިލާފެއް އުފެދިފައިވާ ކަމަށް ޟަޢީފު ރިވާޔަތަކުންވެސް، ޞަޙީޙު ރިވާޔަތަކުންވެސް އައިސްފައިނުވެއެވެ. މާނައަކީ މިއީ އެބޭކަލުންގެ އިޖުމާޢު މައްސަލައެކޭ ބުނެވިދާނެއެވެ. ޝައްކެއްނެތް ގޮތުގައި އެބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތައްވަނީ ވަރަށް ރަނގަޅަށް ބަޔާންކުރެވިގެންނެވެ."

މި ޢިބާރާތުގައި ކީރިތި ރަސޫލާގެ އަޞްޙާބުންގެ މެދުގައި މިމައްސަލާގައި ޚިލާފެއް ނުވަތަ ޚިޔާލު ތަފާތުވުމެއް އުފެދިފައި ނުވާކަމަށް ވިދާޅުވެ، މިއީ އެބޭކަލުންގެ 'އިޖްމާޢް' މައްސަލައެކޭ ބުނެވިދާނެކަމަށް ލިޔެފައި އޮތުމުން ދޭހަވަނީ މިމައްސަލައަކީ ކީރިތި ރަސޫލާގެ ޒަމާނުގައްޔާއި، އެކަލޭގެ ފާނުގެ އަޞްޙާބު ބޭކަލުންގެ  ޒަމާނުގައި  ބަޙުސްކުރެވި،  ޚިޔާލު   ތަފާތުވުމެއް  ނެތި  އިޖްމާޢް  ވެފައިވާ   މައްސަލައެއްކަމަށެވެ. އަދި އެބޭކަލުން މިމައްސަލަގައި ބަޔާން ކުރައްވާފައިވާ ޙުކުމަކީ ޤާޟީކަން ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމެވެ.

ޝައިޚް ޝަހީމު މިހެން ލިޔުއްވި ނަމަވެސް ޙަޤީޤާތުގައި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައްޔާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި އަންހެނުން ޤާޟީކަން ކުރުމުގެ މައްސަލައާއިމެދު ވަކި ޙުކުމެއް ބަޔާންކުރައްވާފައިނުވެއެވެ. އަދި އެޒަމާނުގައި ޤާޟީކަން ކުރައްވާފައިވަނީ މުޅީން ފިރިހެނުން ކަމަށްވިޔަސް، އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ ދީނުގައި ހުއްދަކަމެއް ނޫންކަމަށް އެބޭކަލުންގެ މެދުގައި އިޖްމާޢެއް ވެވިފައިނެތެވެ. އަދި އެމައްސަލާގައި ވަކި ޙުކުމެއް ބަޔާންކުރައްވާފައިވެސް ނެތެވެ.

ވީމާ، އެޒަމާނުގައި މިމައްސަލާއާއި ބެހޭގޮތުން ވަކި ޙުކުމެއް އައިސްފައި ނެތުމަކީ އެބޭކަލުންގެ އިޖްމާޢެއް އޮތްކަމަށް ދަޢްވާ ކުރެވޭނެ ސަބަބެއެއް ނޫނެވެ. އަދި އުސޫލުލް ފިޤްހުގެ ޢިލްމުގައި 'އިޖްމާޢް' މާނަ ކުރެވިފައިވަނީ ޝައިޚް ޝަހީމު އެވިދާޅުވާ ގޮތަށް ކަމަށް ނުވާތީ، މިމައްސަލާގައި ވަކި ޙުކުމެއް އެޒަމާންތަކުގައި ބަޔާންވެފައި ނެތި، އޭރު ޤާޟީކަން ކޮށްފައިވަނީ ހަމައެކަނި ފިރިހެނުންކަމަށް ވުމަކީ އެއްވެސް ޙާލެއްގައި އަންހުން ޤާޟީކަން ކުރުމަކީ ދީނުގައި މަނާކަމެއްކަމަށް އިޖްމާޢްވެފައިވާ ކަމުގެ ހެއްކެއް ނޫނެވެ. އަދި އެއީ 'އިޖްމާޢް މައްސަލައެކޭ' ބުނެވިގެންވާނެ ސަބައެއްވެސް ނޫނެވެ.

 

ްއަންހެނުން ޤާޟީކަމަށް އިސްކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން ސާބިތުކުރުމަށް ޝައިޚް ޝަހީމް ގެންނަވާފައިފާ ދަންނަބޭކަލުންގެ ރައުޔުތަކަށް ބަލާއިރު

އިސްލާމީ ޝަރީޢަތުގައި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ކަނޑައެޅިގެން ސާބިތުނުވާ ޙުކުމްތަކަކީ ދީނުގެ ޢިލްމުވެރިން ޤުރުއާނާއި ސުންނަތުގެ އަލީގައި އިޖްތިހާދު ކުރައްވައިގެން ނެރުއްވާާ ޙުކުމްތަކެކެވެ. އިސްލާމީ ފިޤުހުގެ އަސްލު އެނގިވަޑައިގެން، ދީނުގެ ޙުކުމްތައް ނެރުއްވާ ޢިލްމުވެރީންގެ ރައުޔުތަކަކީ އޭގެ ޒާތުގައި އުނިކަން އެކުލެވިގެންވާ، އެއްޗެއްކަން ޤަބޫލުކުރަން ޖެހެއެވެ. އެއްވެސް އިންސާނަކީ މަޢްޞޫމު މީހަކަށް ނުވުމާއި، ދަންނަބޭކަލުންގެ ޢިލްމާއި ވިސްނުންފުޅުގެ ތޫނުކަމަކީވެސް އިންސާނީ ޠަބީޢަތް ނިޔާކުރާ ގޮތުން ހަމަހަމަ އެއްޗަކަށް ނުވާނެތީ، މައްސަލައެއްގައި އެއް ބޭކަލަކު ނެރުއްވާ ޙުކުމަކާއި އަނެއް ބޭކަލަކު ނެރުއްވާ ޙުކުމް ތަފާތުވެދާނެއެވެ. އަދި އެއިން ކޮންމެ ރައުޔަކީވެސް އޭގެ ޒާތުގައި މުޅީން ފުރިހަމަ އެއްޗަކަށް ނުވުމަކީ މިދަންނަވާ ޠަބީޢަތް ނިޔާކުރާގޮތުން ދުރުގައިވާ ކަމެއް ނޫނެވެ. ދީނުގެ ބޮޑެތި ޢިލްމުވެރީން އެބޭކަލުންގެ އަމިއްލަފުޅު ފަތުވާތަކާއި ދީނުގެ މައްސަލަތަކުގައި ނެރުއްވާ ޙުކުމްތަކާއިމެދުވެސް ވިދާޅުވަނީ މިވެނި ޙުކުމަކީ ތިމަންނާއަށް އެނގޭމިންވަރަކުން، ކުރި މަސައްކަތުން، ޤުރުއާނާއި ސުންނަތުގެ އަލީގައި ނެރެފައިވާ، ނުބައި ޙުކުމަކަށްވުން އެކަށީގެންވާ، އެހެންނަމަވެސް ތިމަންނާއަށް ފެންނަ އެންމެ ރަނަގަށް ނެރެފައިވާ ޙުކުމެއް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ދަލިލަކީ ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެވެ. އެޙަދީޘްގައި ވަނީ " إذاحكم الحاكم فاجتهد ثم  أصاب فله  أجران ،  وإذاحكم فاجتهد ثم أخطأ   فله  أجر" މާނައީ ޙާކިމާ އިޖްތިހާދުކޮށްގެން ކުޅަ ޙުކުމަކީ ރަނަގަޅު ޙުކުމަކަށް ވެއްޖެނަމަ އޭނާއަށް ދެ އަޖުރު(ދަރުމަ) ހުއްޓެވެ. އަދި އޭނާ  އިޖްތިޖާދު   ކޮށް ކުޅަ ޙުކުމަކީ ނުބައި ޙުކުމަކަަށްވިޔަސް އޭނާއަށް އެއް ދަރުމަ ލިބޭހުއްޓެވެ. އެހެންވީމާ، ދަންނަބޭކަލުންގެ އިޖްތިހާދާއި ރައުޔުތަކަކީ އޭގެ ޒާތުގައި ކުށެއް ނުވަތަ އުނިކަމެއް އެކުލވިގެންވުން އެކަށީގެންވާ އެއްޗެއްކަން މިޙަދީސުންވެސް ސާބިތުވެއެވެ.

އަންހެނުން ޤާޟީކަން ކުރުން ކަނޑައެޅިގެން މަނާކުރާ ޤުރުއާނުގެ އާޔަތެއްވެސް ރަސޫލާގެ ޙަދިސްފުޅެއްވެސް ނެތްއިރު، އަންހެނުން ޤާޟީކަން ކުރުމަކީ އިސްލާމް ދީނުގައި މަނާކަމެއްކަން ސާބިތުކުރުމަށްޓަކައި ޤުރުއާނާއި ޙަދީސްތައް، ތަފާތު ގޮތްގޮތަށް މާނަކުރުމަކުން މިވެނި އާޔަތަކީ ނުވަތަ މިވެނި ޙަދީސަކީ ސީދާ އަންހެނުން ޤާޟީކަންކުރުން މަނާކުރާ ދަލީލޭ ނުވަތަ ހެއްކޭ ބުނެވިގެން ނުވާނެއެވެ.

الرجال قوامون على النساء بما فضل الله بعضهم على بعض وبما انفقوا من أموالهم  - ނިސާއު ސޫރަތުގެ 34 ވަނަ އާޔަތަތް - މާނައީ : [ ފިރިހެނުންނަކީ އަންހެނުންގެ މައްޗައް ޤިވާވަތު ( އިސްކަން ) ލިބިގެންވާ މީހުންނެވެ. އެއީ އެދެބައިމީހުން އެއްބައެއްގެ މައްޗައް އަނެއްބަޔަކު ﷲ  މާތްކުރައްވައި އިތުރު ކުރައްވާފައިވާކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ]
ޝައިޚް ޝަހީމް ލިޔުއްވާފައި ވަނީ "
މިއާޔަތުން ދަލީލުކޮށްދޭ ގޮތުގައި ، ފިރިހެނާ ވަނީ ޙަޔާތުގެ މުހިއްމު ކަންކަމުގައި  އަންހެނާގެ މައްޗައް އިސްކުރައްވާފައެވެ. މިސާލަކަށް ކައިވެންޏާއި ، ވަރިއާއި ، ހޭދަކުރުމާއި ، ޖިހާދާއި މިހުރިހާކަމެއްގައި ވެރިކަމާއި، އިސްކަން ، ނުވަތަ ޤިވާމަތު ފިރިހެނާއަށް ވަނީ ދެއްވާފައެވެ.
މިހެންކަމުން އަންހެނަކަސް ޤާޟީކަން ދެވޭނަމަ އެއީ ފިރިހެނާގެ މައްޗައް އެއަންހެނާއަށްދެވޭ އިސްކަމެކެވެ. މިހެންކަމުން މިއާޔަތާއި އެކަން ތަޢާރުޟްވެއެވެ. ވީމާ އަންހެނަކަށް ޤާޟީކަން ދިނުމަކީ ހުއްދަކަމެއްނޫނެވ
ެ."

ޙަޤިޤަތުގައި މިއާޔަތަކީ އަންހެނުން ޤާޟީކަން ކުޅައުމާއި ބެހޭ ގޮތުން، ނުވަތަ އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ޤާޟީކަން ކުޅައުމުގައި ހުންނަންޖެހޭ ތަފާތުކުރުންތައް ބަޔާންކުރައްވާފައިވާ އާޔަތެއް ނޫނެވެ. މިއާޔަތުގައި ފިރިހެނުންނަށް ލިބިފައިވާކަމަށް ބަޔާންކުރައްވާ އިސްކަމަކީ ޙަޤީޤަތުގައި ޢާއިލީ ކަންކަމުގައި އިސްލާމް ދީނުގައި ފިރިހެނުންނަށް ދެއްވާފައިވާ އިސްކަމާއި، ފިރިހެނުން އުފެދުމުގައި ޖިސްމާނީ ގޮތުން އަންހެނުންނަށް ދެއްވާފައިނުވާ ފުރިހަމަ ސިފަތަކެއް ލިބިގެންވާތީ، ލިބިފައިވާ އިސްކަމެކެވެ. މިއާޔަތުގައި އެވާ އިސްކަމުގެ މާނައަކީ ފަހަރެއްގައިވެސް އަންހެނަކަށް ޤާޟީަކަން ދިނުމަކީ އެއަންހެނަކު ފިރިހެނުންގެ މައްޗަށް އިސްކުރުން ކަމުގައި މާނަކުރެވޭކަށް ނެތެވެ. އަދި އަންހެނަކު ޤާޟީކަމަށް އިސްކުރުމަކީ މިއާޔަތާއި ތަޢާރުޟުވާކަމުގެ ދަލީލެއް، ނުވަތަ ހެއްކެއް އޮތް ކަމެއްވެސް ނޫނެވެ.

ولهن مثل الذي عليهن بالمعروف وللرجال عليهن درجة - ބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތް-

މިއީ ޝައިޚް ޝަހީމް ހުށަހަޅުއްވާފައިވާ ދެވަނަ ދަލިލެވެ. މިއީ ބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތް ނިމޭ ތަނެވެ. މިއާޔަތުގައި ޙަޤީޤަތުގައި ބަޔާން ކުރައްވާފައިވަނީ ވަރިކުރެވިފައިވާ އަންހެނާއާއި ބެހޭ ޙުކުމްތައް ކަމަށްވެފައި، މިއާޔަތް އައިސްފައިވާގޮތުން އާޔަތުގައި ބަޔާންކުރައްވަނީ ޢާއިލާއާއި ދެމަފިރިންނާއި ދެމެދުގެ ޙުމްތައްކަށް އެނެގެއެވެ. މިއާޔަތުގައި ވަރިކުރެވިފައިވާ އަންހެނާގެ މައްޗަށްވާ ވާޖިބުވާކަންތައް ބަޔާންކުރައްވައި އެކަނބަލުންނަށް ފިރިހެނުން އަދާކުރަން ޖެހޭ ވާޖިބުތަކެއް ވާކަމާއި އެކަކު އަނެކާގެ ވާޖިބުތައް އަދާކުރުމުގައި ހަމަހަމަކަން ބަޔާންކުރައްވާފައި އޮތުމާއި އެކު، ފިރިހެނުންނަށް އެ ޙާލަތުގައި އިތުރު ދަރަޖައެއް ލިބިގެންވާކަމަށް ބަޔާން ވެގެން ވެއެވެ. ތަފްސީރު ޢިލްމުވެރިއެއްކަމުގައިވާ އިބުނު ކަޘީރު ވިދާޅުވެފައިވަނީ ފިރިހެނުންނަށް ލިބިގެންވާ އެ ދަރަޖައަކީ އުފެދުމުގައި ﷲ ފިރިހެނުންނަށް ދެއްވާފައިވާ ދަރަޖައާއި، އެވެރިންނަށް ކިޔަމަންތެރިވުމުގައި އޮތް ދަރަޖައާއި، ހޭދަކުރުމުގައި ލިބިފައިވާ ދަރަޖަ އާއި ދުނިޔެއާއި އާކިރަތުގައި އެވެރީންނަށް އެކަލާނެގެ ޙަޟްރަތުގައިވާ ދަރަޖަތައް ކަމުގައެވެ.

ވީމާ، މިއާޔަތުގެ މައުޟޫޢާއި މާދުރުން، އާޔަތެއްގެ ނިމޭބަޔަށް އެކަނި ވިސްނަގައިން، އަންހެނުންނަށް ޤާޟީކަން ދިނުމަކީ ނުވަތަ އަންހެހުން އެމަޤާމަށް އިސްކުރުމަކީ މިއާޔަތާއި ތަޢާރުޟުވާކަމެއް ނުވަތަ ފުށޫއަރާކަމެއްކަމަށް މީހަކު ބުނުމަކީ ނުވަތަ ފަތުވާ ދިނުމަކީ އެއްވެސް ޙާލެއްގައި އަނެހްނުންނަށް ޤާޟީކަން ނުކުރެވޭނެ ކަމުގެ ޝަރުޢީ ދަލީލެއް ނޫނެވެ. އެއީ ހަމަ ކުރީންވެސް ދެންނެވިފަދަ ޢިލްމުވެރީންގެ އިޖްތިހާދުން އެބޭކަލުންނަށް ނުވަތަ އެބޭކަލަށް ވިސްނިވަޑައިގެންނެވި ގޮތެވެ. އަދި އެގޮތަކީ ރަނގަޅުގޮތަށް ވުން ނުވަތަ މައްސަލައިގެ ހަމައެކަނި ޙުކުމަކީ އެއީ ކަމަށް ނިންމޭކަށް ނޯންނާނެއެވެ. އަދި އަޅުގަނޑުމެން ދެކޭ ގޮތުގައި މިއާޔަތަކި މިބަޙުސާއި ގުޅުންހުރި އާޔަތެއް ނޫނެވެ.

ކީރިތި ރަސޫލާގެ ސުންނަތުން ޝައިޚް ޝަހީމް ގެންނަވާފައިވާ ދަލީލުތަކަށް ބަލާއިރު...

ما رواه أبو بكرة رضي الله عنه عن رسول الله صلى الله عليه وسلم قال : سمعت رسول الله صلى الله عليه وسلم يقول ( لن يفلح قوم ولوا أمرهم امرأة ) - މި ޙަދީސަކީ އެއްވެސް ޙާލެއްގައި މައުޟޫޢާއި ގުޅުންހުރި ޙަދީސެއް ނޫނެވެ. މިޙަދީސްގެ މާނައީ އެބައެއްގެ މައްޗަށް ވެރިއަކު ކަމުގައި އަންހެނަކު އިސްކޮށްފި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނެތެވެ. ވެރިކަމާއި ޤާޟިކަމަކީ މުޅީން ތަފާތު ދެކަމެކެވެ. އަދި މިހަދީސް، ޙަދީސްކުރެއްވި ސަބަބަކީ ފާރިސީ އެމްޕެރަރ ނިޔާވުމަށްފަހު އޭނާގެ އަންހެންދަރި އެމީހުންގެ ވެރިކަމުގެ ތަޚުތަށް ގެންނަންއުޅުމުން ކަމަށް ރިވާޔަޔްތަކުގައި އައިސްވައިވުމާއިއެކު، ދަންނަނަވަންޖެހެނީ މިޙަދީސުން ވެރިކަމަށް ނުވަތަ ރައީސްކަމަށް އަންހެނުން އިޚްތިޔާރުކުމަކީ އިސްލާމް ދީން ހިތްވަރުދޭ ކަމެއް ނޫންކަން ސާބިތުވިޔަސް، ޤާޟީކަމަށް އަންހެނުން އިސްކުރުން މަނާކުރާކަން ދޭހަވާން ނެތްކަމުގައެވެ. އަދި މިޙަދީސަކީ އެއްވެސް ޙާލެއްގައި މައުޟޫޢާއި ގުޅުންހުރި ޙަދީސެއްވެސް ނޫންކަމުގައެވެ.

 

ޝައިޚް ޝަހީމު ކީރިތި ރަސޫލާގެ ސުންނަތުން ގެންނެވި ދެވަނަ ދަލީލު:

عن بريدة عن النبي صلى الله عليه وسلم قال : ( القضاة ثلاثة واحد في الجنة واثنان في النار، فأما الذي في الجنة ، فرجل عرف الحق فقضى به، ورجل عرف الحق وجار في الحكم فهو في النار، ورجل قضى للناس على جهل فهو في النار)

މާނައީ : މާތް ﷲ ރުއްސުންލެއްވި ބުރައިދަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. [ ޤާޟީން ތިންބަޔަކަށް ބެހިގެންވެއެވެ. އެކަކު ވަނީ ސުވަރުގޭގައެވެ. އަނެއް ދެމީހުން ވަނީ ނަރަކައިގައެވެ. ފަހެ ސުވަރުގޭގައިވާ މީހާ ދަންނާށެވެ. އެއީ ޙައްޤުގޮތްދަނެ، އެއާ އެއްގޮތަށް ޙުކުމް ކުރި މީހާއެވެ. ދެވަނަ މީހަކީ ޙައްޤުގޮތް އެނގިހުރެ . ޙުކުމް ކުރުމުގައި އަނިޔާވެރިވި މީހާއެވެ. އޭނާ ވަނީ ނަރަކައިގައެވެ. ތިންވަނަ މީހަކީ ޖާހިލުކަންމަތީ ޙުކުމްކުރި މީހާއެވެ. އޭނާވެސް ވަނީ ނަރަކައިގައެވެ.]

މިޙަދީސަކި އެއްވެސް ޙާލެއްގައި އަންހެނުން ޤާޟިކަން ކުރުމާއިބެހޭ ނުވަތަ މިމައްސަލާގައި ޚުކުމެއް ބަޔާންވެގެންވާ ހަދީސެއް ނޫނެވެ. މިޙަދީސްގެ ޢިބާރާތުގައިވާ ޢަރަބި ބަސް "رجل" ހަމައެކަނި މިކަލިމައިގައި ހިފައިގެން ޝައިޚް ޝަހީމު ދައްކަވާފައިވާ ވާހަކަތަކަކީ ޢިލްމީގޮތުން ދެކޮޅު ދެހޭ ވާހަކަތަކެއް ނޫނެވެ. ޢަރަބި ބަހުގައި رجل މިބަހުގެ މާނައަކީ 'ފިރިހެނެއް' ކަމަށްވިޔަސް ޢާންމުކޮށް ދެޖިންސަށް މުޚާޠަބް ކުރެވިފައިވާ އާޔަތްތަކާއި ހަދީސްތަކުގައި، ޢަރަބިބަހުގައި ހަމައެކަނި ފިރިހެނުންނަށް ބޭނުންކުރާ އީބާރާތްތަށް ބޭނުންކުރެވިފައި ހުންނަލެއް ގިނަކަމާއި، އޭގެ ޢާންމުކަމުން މިތަނުގައި މިގޮތަށް ހަދީސްގެ ޢިބާރާތް އައިސްފައިވުމަކީ ޤާޟީކަމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަކުރެވިފައިވާ ކަމެއް ކަމުގެ ދަލީލެއް ނުވަތަ ހެއްކެއް ނޫނެވެ.

އަދި މީގެ އިތުރުން ޙަދީސްތަކުގައި قاَضِيْ މިިކަލިމަވެސް ޢަރަބިބަހުގައި ފިރިހެނުންނަށް ބޭނުންކުރާ ޞީޣާއިން އޮތުމަކީ އަންހެނުންނަށް ޤާޟިކަން ކުރުން މަނާކުރެވިފައިވާކަމުގެ ދަލީލުތަކެއް ނޫނެވެ.

އެކަން އޮތީ ޝައިޚް ޝަހީމް އެވިދާޅުވާގޮތަށް ކަމަށްވާނަމަ ދީނުގެ އެތަކެއް ހުކުމަކުން އަންހެނުން ބޭރުކުރެވިދާނެއެވެ. ޤުރުއާނުގައި ދެޖިންސަށް މުޚާޠަބުކުރައްވައި ޢަރަބިބަހުގައި ފިރިހެނުންނާއި މުޚާޠަބްކުރާ ޞީޣާއިން އައިސްފައިވާ ހުރިހާ ޙުމްތަކުން އަންހެނުން ބޭރުކުރެވިދާނެއެވެ.

މިސާލަކަށް ( وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ ) - ބަޤަރާ ސޫރަތުގެ 110 ވަނަ އާޔަތް - މިއާޔަތުގައި ނަމާދުގެ އަމުރާއި ޒަކާތުގެ އަމުރާއި އައިސްފައި މިވަނީ ޢަރަބިބަހުގައި ފިރިހެނުންނާއި މުޚާޠަބް ކުރެވޭ ޞީޣާއިންކަމަށް ވާތީ، ނަމާދު ކުރުމާއި ޒަކާތް ދިނުމަކީ ހަމައެކަނި ފިރިހެނުންނަށް އައިސްފައިވާ އަމުރެއްކަމަށް ބުނެވޭކަށް ނެތެވެ. އަދި މިނޫނަސް މިފަދަ ކިތަންމެ މިސާލެއް ދެންނެވިދާނެއެވެ. ސަބަބަކީ މިފަދަ ޢާންމު ޙުމުތައް ޤުރުއާނުގައި އައިސްފައި ހުރީ ގިނައިން ފިރިހެނުންނާއި މުޚާޠަބް ކުރެވޭ ޞީޣާއިން ކަމަށްވާތީއެވެ. އަދި ދަންނަ ބޭކަލުން ވިދާޅުވަނީ އެގޮތަށް ހުންނަ ޢިބާރާތްތަކުގައި ވަކީން ޚާއްޞަކޮށް މިވެނިކަމަކީ ފިރިހެނުންނަށް ނުވަތަ އަންހެނުންނަށް އޮތްކަމެއްކަން ބަޔާންކުރާ ޚާއްޞަ އެހެން ދަލީލެއް ނެތްނަމަ އެފަދަ ޢިބާރާތްތަކުގައި ދެޖިންސުވެސް ޝާމިލުވާނެއެވެ. އަދި ބުއްދިއަށް ޤަބޫލުކުރެވޭ ގޮތަކީވެސް އެއީކަމަށް ދަންނަވަންޖެހެއެވެ.

 

'އުންމަތުގެ ދަންނަބޭކަލުންގެ އިޖްމާޢް' މި އަރިމަތީ ސުރުޚީގެ ދަށުގައި ޝައިޚް ޝަޙީމް ލިޔުއްވާފައިވާ ވާހަކަތަކަށް ބަލާއިރު...

މިމައްސަލާގައި ޝައިޚް ޝަހީމް ނެރުއްވާފައިވާ ފަތުވާގައި އިޖްމާޢް  މާނަކުރައްވާފައިވާ ގޮތާއި އުޞޫލުލ&#