|
ހުޅުމާލޭ ފްލެޓް ތަކުގެ މަޤްޞަދު ޙާޞިލް ނުވޭ!
18/09/2005
|
ފާތުމަތު ޢަލީ ، އީ-މެއިލް
ޙަގީގަތުގައި
ހުޅުމާލޭގައި ފްލެޓްތަކެއް ސަރުކާރުން ހެއްދެވީ ބޯހިޔާވަހިކަމުގެ
އެންމެ ދަތި އިޙުސާސްކުރަމުންދާ ޢާއިލާތަށް ދިރިއުޅުމަށްޓަކައި
ބޭނުން ކުރުމަށެވެ. މި ފްލެޓްތައް ހެއްދެވީ ސަރުކާރުން ޚަރަދު
ކުރައްވައިގެން ކަމަށްވާތީ އާއި އެ ޚަރަދަކީ އަނބުރާ ސަރުކާރަށް
ލިބެންޖެހޭ އެއްޗަކަށްވާތީވެ މި އޮންނަނީ ކުއްޔެއް
ކަނޑައަޅުއްވާފައެވެ.
ވީމާ، ދިރިއުޅުމަށްޓަކައި ސަރުކާރުން ފްލެޓް
ޙަވާލުކުރައްވާފައިވާ ފަރާތުން އެ ފްލެޓްގައި ދިރި ނުއުޅެ،
އެތަން އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ އެފަރާތުން ކުރާ
ވިޔަފާރިއެކެވެ. ޙަޤީޤަތުގައި ފްލެޓްގެ ޚަރަދު ކަނޑައެޅިފައިވާ
އުޞޫލުން އަދާކުރާ ފަރާތަކީ ކުލި ދައްކަމުންދާ ފަރާތެވެ.
ދިރިއުޅުމަށްޓަކައި މިފްލެޓްތައް ސަރުކާރުން
ޙަވާލުކުރައްވާފައިވާ ފަރާތްތަކުން ކުއްޔަށްހިފައިގެން މިހާރު
މިފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން މިދެންނެވި
ޙަގީގަތް ސާބިތުވާފަދަ ލިއުންތަކާއިއެކު ސަރުކާރުގެ
ކަމާއިބެހޭފަރާތްތަކަށް ހުށަހެޅުމުން މިމައްސަލައަށް
ބީރުކަންފަތެއް ދެއްވުމަކީ ހުޅުމާލޭގައި ދިރިއުޅެމުންދާ މީހުންގެ
90 އިންސައްތަ ސަރުކާރަށް ނަފްރަތުކުރާކަމެކެވެ. މިކަމުގައި
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ރޯލަކީ
ހަމަކުލިބަލައިގަތުމެވެ.
ފްލެޓްތަށް ދޫކޮށްފައިވަނީ އުޅޭނެއެހެން ބޯހިޔަލެއް ނެތް
ފަރާތްތަށް ދިރިއުޅުމަށްޓަކައިކަމުގައިވާއިރު، މިހާރު
މިފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ 90 އިންސައްތައަކީ
އެފްލެޓްތަށް ސަރުކާރުން ޙަވާލުކުރެއްވިފަރާތްތަކަށް ނުވުމަކީ
ހަމަ އިންސާފުކަމުގައި ސަރުކާރުންވަނީ ގަބޫލްކުރައްވާފައެވެ.
ކޮންމެއަކަސް މިއީ ހަމަހަމަ އުސޫލާއި ވަރަށްބޮޑަށް ތަޢާރުޒުވާ
އަދި މިމައްސަލަ ބައްލަވާނެ ސަރުކާރުގެ އެއްވެސް އިދާރާއެއް ނެތް
މައްސަލައެކެވެ. ނިމުނީ!
|