|
ތެދުވެރިވާށެވެ!
01/11/2005
|
މުޢިއްޒު| އީމެއިލް
އަދާލަތު
ޕާޓީއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ލިބެމުންދާ ތަރުޙީބަށް
ޙަސަދަވެރިވާ ބަޔަކު އުޅޭކަމީ އެއްވެސް ޝައްކެއްނެތް
ތެދުޙަޤީޤަތެކެވެ. މިފަދަ ފަރާތްތަކުން އެޕާޓީއަށް ނިސްބަތް ކޮށް
ދޮގުބުހުތާނު ވާހަކަތައް އެކިގޮތްގޮތަށް ދަނީފަތުރަމުންނެވެ.
މިގޮތުން ދަމޯލްޑިވިއަންގައި 31 އޮކްޓޯބަރު 2005ގައި އަދާލަތު
ޕާޓީއަށް ނިސްބަތްކޮށް އަލީއިބްރާހިމްގެ ނަމުގައި ލިޔެފައިވާ
ލިޔުމަކީ ވެސް މިފަދަ ލިޔުމެކެވެ. މިލިޔުމުން އަދުލުއިންސާފު
ޤާއިމުކުރާ ފަރާތްތަކަށް ފުރައްސާރަކުރުމާއި ކާރޓޫނު
ކުރެހުމާއިމެދު ޢަދާލަތުން އެއްޗެއް ނުބުނާކަމަށް ދޭހަވެއެވެ.
ނަމަވެސް
ޙަޤީޤަތަކީ މިއެއްނޫނެވެ."ޚިޔާލު ފާޅުކުރުމަކީ ޢަމާނާތެކެވެ."
މިސުރުޚީގެ ދަށުން 24 ސެޕްޓެމްބަރު 2005 ގައި މުޙައްމަދު ޝަހީމް
ވަރަށް ފުރިހަމައަށް ޖުމްލަ ގޮތެއްގައި މިކަމާއި ބެހޭގޮތުން
އަދާލަތު ޕާޓީގެ ވެބްސައިޓްގައި ލިޔުއްވާފައިވެއެވެ. މިގޮތުން
ތިރީގައި އެވަނީ އެލިޔުމުން ނަގާފައިވާ ބައެކެވެ: " ނަމަވެސް
ފާޑު ކިޔުމުގެ ގޮތުން އެކި ސިފަ ސިފައިގައި އެމީހާގެ ކާޓޫނު
ކުރަހައި ، އެމީހާގެ ސިފަބަދަލުކޮށްގެން ، ހަޑިހުތުރު ބަހުން
އެއްޗެހިގޮވާ ، ލިޔެހެދިޔަސް ކަންތައްތަކެއް
އިޞްލާޙެއްނުވާނެއެވެ. ސުންނަތް ޖަމާޢަތުގެ ވެރިންނަކީ ޝަރުޢީ
ގޮތުން ޤަދަރު ދެއްވާފައިވާ ބައެކެވެ. ބަޔަކު މީހުން ކުރިން
ކޮށްފައިވާ ކަމެކޭ ބުނެ އަޅުގަނޑުމެން އެކަމެއް ކުރާކަން
ނުޖެހެއެވެ. އަޅުގަނޑުމެން ކުރިކަމެއްގެ ޖަޒާ ލިބޭނީ ހަމަ
އަޅުގަނޑުމެންނަށެވެ. ކުރިން ބަޔަކު ކުރިކަމެއްގެ ޖަޒާ ލިބޭހުށީ
ހަބަ އެބައިމީހުންނަށެވެ. މިއީ އިސްލާމް ދީނުގައި މިކަން އޮތް
ގޮތެވެ. އެގޮތައް އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނަމަ ،
ހެދިބޮޑުވަމުން އަންނަ ޖީލަށް އަޅުގަނޑުމެންނަށް އެދެއްކެނީ
ހުތުރު ނަމޫނާއެކެވެ. މިކަމުގައި އަޅުގަނޑުމެން
ޒިންމާވާންޖެހޭނެއެވެ." ހަމައެހެންމެ ދާދިފަހުން
ޖަސްޓިސްބިލްޑިންގ ދޮށަށް ބަޔަކު އެއްވެ ހިންގި
ހަމަނުޖެހުންތަކާއި ގާޒީއަކަށް ޙަމަލާދިން މައްސަލައާއި ބެހޭ
ގޮތުން އަދާލަތު ޕާޓީން އެއްވެސްއެއްޗެއް ނުބުނާކަމަށާއި އަދި
އެއީ އެކަންތައްތައް ހިންގީ އެމް.ޑީ.ޕީގެ މެމްބަރުން
ތަކެއްކަމުގައިވާތީ ކަމަށް އެލިޔުމުން ދޭހަވެއެވެ.
ނަމަވެސް
ޙަޤީޤަތަކީ މިއެއް ނޫނެވެ.މިކަމާއި ބެހޭގޮތުން އަދާލަތު ޕާޓީގެ
އިސްތަރުޖަމާނު ވިދާޅުވެފައިވަނީ އެފަދަ
ކަންތައްތަކަކީ އެއްވެސް
ގޮތަކަށް ހިނގައިގެން ވާނެ ކަންތައްތަކެއްނޫންކަމުގައެވެ. އަދި
އެޕާޓީގެ ފަރާތުން އެ ޢަމަލު
ކުށްވެރި ކުރާކަމަށް ވިދާޅުވިއެވެ. އެފަދަ ޢަމަލުތައް
ހިންގަވާ ފަރާތްތަކަށް
އެޕާޓީން ހިތްވަރު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެންމެހައި
މީސްތަކުންނަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން އެފަދަ
ޢަމަލުތަކަށް އަރައި
ނުގަތުމަށް.. އަދި ހަމަ އެހެން، ކޯޓް ތެރޭގައި ހިނގާ
ކަންތައްތަކަކީ ބޭރު ތެރެއިން
އޭގެ ބަދަލު ހިފަން ޖެހޭނެ ކަންތައްތަކެއްވެސް ނޫން..
އަދުލު އިންސާފު ޤާއިމު
ކުރަން ތިބޭ މީހުންނަށް ވެސް ޙުރުމަތްތެރިކޮށް
ހިތަންޖެހޭނެ.. އަދި ޢަދުލު
އިންސާފު ޤާއިމުކުރަން ތިބޭ މީހުންވެސް ޖެހޭނީ އޮންނަ
އެންމެ ޙައްޤުގޮތަށް ޢަދުލު
އިންސާފު ޤާއިމުކުރަން.. އޭރުން މުޖުތަމަޢުގައި އެފަދަ
ކަންތައްތައް ހިންގަން
މަގުފަހުވެގެންނެއް ނުދާނެ."
ޝަހީމް
ވިދާޅުވިއެވެ.
(އާފަތިސް 30 އޮކްޓޯބަރު 2005 ).
ވުމާއެކު
ހިތާމަޔާއެކު ދަންނަވަން ޖެހެނީ މިފަދަ ޙަޤީޤަތާއި ދުރު އެތައް
ލިޔުންތަކެއް ހުޅުވާލެވިފައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން
އަޅުގަޑުމެންނަށް ދަނީފެންނަމުންނެވެ. މިކަމުގެ ސަބަބުން
މުޖުތަމަޢުގެތެރޭގައި ކަންކަމުގެ ޙަޤީޤަތް އޮޅި ފިތުނަފަސާދަ
ޢާއްމުވުން ވަރަށްގާތް ވާނެކަންޔަޤީނެވެ. އަޅުގަޑުމެން
ވާންޖެހޭނީ ކޮންމެއެއްޗެއް ލިޔުނުކަމުގައި ވިޔަސް ތެދުވެރިކަމާއި
އެކު އަދި އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް
އަމާނަތްތެރިކަމާއިއެކު، މިހުޅުވާލެވިފައިވާ މިނިވަން
ނޫސްވެރިކަމުގެ ބޭނުން ޒިންމާދާރު ކަމާއެކުހިފާ ބަޔަކު
ކަމުގައެވެ. ނިމުނީ!
|