|
|
 |
|
|
|
ދިވެހިއޮބްޒާވަރުގެ އެޑިޓަރ، އަދި، 'ވޮނަބީ' އިންފޮމޭޝަން
މިނިސްޓަރ ޢަރަބި ބަހަށް ފުރައްސާރަ ކުރައްވަނީ!
21/06/2005 | ދިޕޮލިޓިކްސް
ޢަރަބި ބަަހަކީ އެބަހަކުން މާތް ﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން
ބާވައިލެއްވި ބަހެވެ. އަރަބި ބަހަކީ މި އުންމަތުގެ ރަސޫލާ
މުޙަންމަދުގެ ފާނު އެބަހަކުން ވާހަކަފުޅު ދެއްކެވި ބަސްވެސް
މެއެވެ. އެރަބި ބަހަކީ ޒަމާނުއްސުރެ މުސްލިމުންގެ ހިތްތަކުގައި
އެބަހަކާއިމެދު ލޯތްބާއި ޤަދަރު އުފުލިފައިވާ ބެހެކެވެ.
މުސްލިމުންގެ އަޅުކަމުގައި ކިޔާ ދުޢާތަކާއި ގިނަ ޒިކުރުތައް
ހުންނަނީ އަރަބިބަހުން ކަމަށްވުމާއިއެކު، އަރަބިބަސްފެވައިވަނީ
އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ބަސްކަމަށްވެސް
މެއެވެ.
އަހަރުމެން ދިވެހީން ބަސްމޮށޭ ބަހަކީ އެހާ މުއްސަނދި ބަހެއް
ނޫނެވެ. ދިވެހި ބަހުން ވާހަކަ ދައްކާއިރު އެހެން ބަހެއްގެ
އެހީގައި ނޫނީ ބުނަން ބޭނުންވާ އެއްޗެހި ވަރަށް ގިނަފަހަރަށް
ނުބުނެވޭތަން އާދެއެވެ. ޚާއްޞަކޮށް ޒަމާނީ ޢިލްމާއި ސައިންސްގެ
ވާހަކަތައް ދައްކާއިރު މިކަން އޮންނަނީ މިހެންކަން ޤަބޫލުކުރަން
ޖެހެއެވެ.
ދިވެހިރާއްޖޭގައި ތަޢްލީމު އުނގަންނައިދެނީ އިނގިރޭސި ބަހުން
ކަމަށްވާތީ އަދުގެ މުޖުތަމަޢުގައި ގިނައިން ދިވެހިބަސް
ބޭނުންކުރަން ދަތި ޙާލަތްތަކުގައި، ނުވަތަ އިނގިރޭސިބަހުން
ވާހަކަދައްކަން އާދަވެފައިވާލެއް ބޮޑުކަމުން، ވާހަކަ
ދެއްކުމުގައި ވަރަށް ގިނައިން އިނގިރޭސިބަސް ބޭނުންކުރާ މީހުން
އުޅެއެވެ. މިކަމަކީ އެއްވެސް ޙާލެއްގައި މައްސަލެއް ނޫނެވެ.
ދިވެއްސަކު އިނގިރޭސިބަހުން ވާހަކަދެއްކުމަކީ، ނުވަތަ ދިވެހިން
ވާހަކަ ދެއްކުމުގައި އިނގިރޭސި ބަސް ބޭނުން ކުރުމަކީ ރާއްޖޭގައި
އޮތް ތަޢްލީމީ ނިޒާމަށް ބަލާއިރު ހައިރާންވާން ޖެހޭ ކަމެއްވެސް
ނޫނެވެ.
ދިވެހި ބަހަކީ އެހާ މުއްސަނދި ބަހަކަށް ނުވުމާއިއެކު، ދިވެހީން
ވާހަކަ ދެއްކުމުގައި އެމީހަކަށް ލިބޭ ތަޢްލީމަކާއި ގުޅިފައިވާ
ބޭރުގެ ބަސްތައް ބޭނުންކުރުމަކީ އެކަން މުޖުތަމަޢުން
ބަލައިގަންނަ ކަމެކެވެ.
ހިތާމައަކީ އަދުގެ ސިޔާސީ މައިދާނުގައި އެންމެ އިސްކޮށް
ހަރަކާތްތެރިވާ އެމް.ޑީ.ޕީގެ އިސް ވެރިއެއް ކަމަށްވާ ސައްޕޭ،
އަދި، ބުނެވޭގޮތުގައި ވާން އުޅޭ ރާއްޖޭގެ އިންފޮރމޭޝަން
މިނިސްޓަރުގެ ދިވެހިބޮޒާވަރުގައި އެންމެ ގިނައިން ކުރާ
އެއްކަމަކީ އެކި އަރަބި ބަސްތަކަށް ޖޯކު ޖެހުމާއި ފުރައްސާރަ
ކުރުމެވެ.
މިހާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒް މައުމޫން
ޢަބްދުލް ޤައްޔޫމް ވާކަހަ ދެއްކުމުގައި ބައެއްފަހަރު ދިވެހި
ބަސްބަސް ބޭނުންކުރަން އުނދަގޫވާ ޙާލަތްތަކުގައި ޢަރަބި ބަސްތައް
ބޭނުން ކުރެއްވުމަކީ، ސައްޕެގެ މި ގޮތެއް ނެތް ޢަމަލުތަކުގެ
ސަބަބެއްކަމަށް އަޅުގަނޑު ނުދެކެމެވެ. އަދި އޭނާގެ މި
ޢަމަލުތަކަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހެއްގެ
ފަރާތުން ފެނުން އެކަށީގެންވާ ޢަމަކުތަކެއް ނޫނެވެ. އަދި ވާން
އުޅޭ އިންފޮރމޭޝަން މިނިސްޓަރު ކޮށްގެންވާނެ ޢަމަލުތަކެއް
ނޫނެވެ. އަދި މިކަމަކީ އެއްވެސް ޙާލެއްގައި ސިޔާސީ
ޢަމަލެއް ނޫނެވެ.
އަރަބި ބަހަކީ ޚުދު ސައްޕޭވެސް އެބަހަކުން ކިޔަވާފައިވާ
ބަހަކަށްވެފައި، ސައްޕޭގެ އަޅުކަމުގައިވެސް އަރަބިބަހުން
ދުޢާއާއި ޒިކުރު ކުރާނެކަމަށް ބެލެވޭތީއާއި، ސައްޕޭ އީމާންވާ
ފޮތަކީވެސް ޢަރަބި ބަހުން ލިޔެވިފައިވާ ޤުރުއާން ކަމަށް
ޤަބޫލުކުރެވޭތީ، ޢަރަބި ބަހަށް ޖޯކު ޖެހުމާއި ފުރައްސާރަ
ކުރުމުން ދޭހަވަނީ، އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް
އިހްތިރާމް ނުކުރާ މީހެއް ކަމެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅެ، އިނގިރޭސި އަންހެނަކާއި
ކައިވެނިކޮށް އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ ސައްޕެގެ
އަމިއްލަ ކަންކަން ކަމުގައި ވިޔަސް، ދުނިޔޭގެ އެތައް މިލިޔަން
މުސްލިމުން އެބަހަކަށް ޤަދަރާއި އިޙްތިރާމްކުރާ ޢަރަބި ބަހަށް
ފުރައްސާރަކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
ސައްޕޭގެ ބެލެނިވެރިކަމުގެ ދަށުން ދިވެހިއޮބްޒާވަރުން ހިންގާ
މިބާވަތުގެ ޢަމަލުތައް ކުށްވެރިކޮށް، ވަގުތުން އެފަދަ ނެއެއްގާނީ
ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ސައްޕެ އެޕާރޓީ އަކަށް
ނިސްބަތްވާ ސިޔާސީ ޕާރޓީ، އެމް.ޑީ.ޕީ އަށާއި، ސީދާ ސައްޕެއްއަށް
ގޮވާލަމެވެ. އިސްލާޙަށް މަސައްކަތްކުރުމުގެ ނަމުގައި ހިންގޭ
މިފަދަ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތަކުގެ ނޭދެވޭ
އަސަރު، ދިވެހި މުޖުތަމަޢަށް އެކި ސިފަސިފައިގާ ކުރާނެކަން
ހަނދާން ކުރުމަށްވެސް ގޮވާލަމެވެ. ނިމުނީ!
|
|
 |
|