18 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

މަދަނީ ހަމަނުޖެހުމާއި ދާޚީލީ ފިތުނަވެރިކަމުގެ ތެރެއަށް ދިވެހި އުއްމަތް ވައްޓާނުލަމާ!

18/01/2006 | މުޙައްމަދު ޝަހީމު ޢަލީ ސަޢީދު
މަދަނީ ބަސްނޭހުމުގެ ވާހަކަ ދައްކާ އަޑު އިވެން ފަށައިފިއެވެ. މިއީ ފަހުގެ ދިވެހިން އަޑު އެހި ލަފުޒަކަށް ނުވެ ވެސް ހިނގައިދާނެއެވެ. ކުރީގެ ދިވެހިން އަޑު އަހައިފައިވާ ލަފުޒަކަށް ވުން އެކަށީގެންވެއެވެ. އޭގެ ވާހަކަ ދައްކާ ހިނދު އެކިޔެނީ ކީކޭކަން އަޅުގަނޑުމެންނަށް އެނގޭބާވައެވެ؟ މަދަނީ ބަސްނޭހުމުގެ ތެރެއަށް ވެއްޓިފައިވާ ޤައުމުތަކުން އަޅުގަނޑުމެން ޢިބުރަތް ލިބި ނުގަންނަންވީބާވައެވެ؟
މަދަނީ ބަސްނޭހުމަކަށް ނުގޮސް ޤައުމުގެ ކަންތައްތައް އިޞްލާޙު ކުރެވެން ނެތީބާވައެވެ؟ ކިތައްމެ ވަރަކަށް ހަމަނުޖެހުމަކާ ނުލައި މުޒާހަރާތައް ބާއްވަން އުޅުނަސް ހަމަނުޖެހުން ހިނގުމަކީ ދުރުމަކެއްނޫނެވެ. އެހަމަނުޖެހުން ހިންގާނީ މުޒާހަރާ ކުރާ ފަރާތުން ނޫންކަމަސްވެސް ވެދާނެއެވެ. އޭގެތެރެއަށް ވަދެ ގަންނަ ކޮންމެވެސް އެހެން ބައެއްކަމަށްވެސް ވެދާނެއެވެ. ނަމަވެސް ބަދުނާމު އެޅޭނީ މުޒާހަރާކުރަން ނިކުންނަ މީހުންގެ ބޮލުގައި ކަމަށް ވެސް ވެދާނެއެވެ. ޤާނޫނުގެ ކުރިމައްޗައް ޙާޟިރުވާންޖެހޭނީ އެމީހުންކަމަށް ވެސް ވެދާނެއެވެ.
މިހެންކަމުން މުޒާހަރާތައް ނުބާއްވައި، މުސްލިމުންތަކެއް ޤުރުބާން ނުކޮށް ޢަދުލު އިންސާފު ޤާއިމު ކުރެވެން ނެތީބާވައެވެ؟ މިނިވަންކަމާއި ޑިމޮކްރަސީއަކީ މިއީބާވައެވެ؟ ޤައުމު އިޞްލާޙު ކުރަނިވި ޙަޤީޤީ ސިޔާސަތަކީ އެއީބާވައެވެ؟ ނުވަތަ އެއީ ނަފުރަތުގެ ރަހަ ލިބިގެންވާ ސިޔާސަތެއްނޫންބާވައެވެ؟
ފަހުން އަންނަ ބަޔަކަށް ޢިބުރަތުގެ ދަރުސަކަށް ވުމަށްޓަކައި މަދަނީ ބަސްނޭހުމާއި ދާޚީލީ ފިތުނަވެރިކަމުގެ ޝިކާރައަކަށް ވުމަށް ދިވެހި ޤާއުމާއި ރައްޔިތުން ދޫކޮށްލަންވީހެއްޔެވެ؟ ނުވަތަ ސަރުކާރުން ވެސް ގޮތްދޫކޮށް ސިޔާސީ ޙަރަކާތްތަކާ އެއްބާރުލުން ދީގެން ދިވެހި ޤައުމު މި އަދަވަޅުގަނޑުން ސަލާމަތް ކުރަން ނުވޭ ބާވައެވެ؟ މިއީ އަޅުގަނޑުގެ ޟަމީރު އަޅުގަނޑާ ކުރާ ސުވާލުތަކެކެވެ.
އަޅުގަނޑަކީ ވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެކެވެ. މި މަޒްމޫނުގައި މި ބަޔާންކުރަނީ އަޅުގަނޑުގެ އަމިއްލަ ފަރުދީ ޚިޔާލެވެ. މިއީ އަމިއްލަ ޙައިޘިއްޔަތުން ދައްކާ ވާހަކަތަކެވެ. މިހެން މިދެންނެވީ މިޒަމާނަކީ މީސް މީހުންގެ ޙައިޘިއްޔަތުތައް ގިނަވެ އެމީހުންނަށް ވެސް ޚުދު އެމީހުންގެ ޙައިޘިއްޔަތު އޮޅޭ ފަހަރު އަންނަ ޒަމާނެއްކަމުން، ކިއުންތެރިންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދެއްނެވީމެވެ.
އާދެ! އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެއަށް އަޞްލުގައި ޕާޓީ ނިޒާމެއް ބޭނުމެއްނޫނެވެ. ބޭނުންވަނީ ޤައުމުގެ ރައީސަކަށް ހުންނަ މީހަކަށް ފަސްއަހަރުގެ ދެދައުރަށް ވުރެން އިތުރަށް ނުހުރެވޭނެ ގޮތް ހެދުމާއި، ވެރިކަމުގެ ބާރުތައް ވަކިކުރެވިފައިވުމާއި، ރައީސަކަށް ކުރިމަތިލާމީހުންގެތެރެއިން އެކަކަށް ވުރެން ގިނަ ނަންތައް ރައްޔިތުންނާ ހަމައަށް ދާންޖެހޭކަން ޤާނޫނުގައި ކަނޑަ އެޅުމެވެ.
ނަމަވެސް މިއިން ކަމަކީ އޭރުގައި ސަރުކާރުން ކުރަންބޭނުންވި ކަންތަކަކަށް ނުވިއެވެ. ނަތީޖާއަކީ ދާޚިލީ، އަދި ޚާރިޖީ ފިއްތުންތަކުގެ ކުރިމަތީގައި ދިވެހި ސަރުކާރު އިސްތިރިކޮށް، އެއަށް ވުރެން ފުން ކަނޑެއްގައި ފީނަން ޖެހުމެވެ. މޭވާ އަކީ ޕާޓީ ނިޒާމަށް ހޭލުންތެރިކަމެއް ނެތް ރައްޔިތެއްގެ ތެރޭގައި މިހާރު އޮތް ޤާނޫނު އަސާސީ މުރާޖިޢާކޮށް، ކޮނެ ބޮނެގެން ޕާޓީ ނިޒާމަށް އެކަށޭނަ ޤާނޫނެއްނެތި އެނިޒާމު ދިވެހި މުޖުތަމަޢަށް އުފަންކުރުމެވެ. ހަމަކަށަވަރުންވެސް ފިތުނަވެރިކަމުގެ ތަޅުދަނޑިއަކީ މިއީއެވެ.
ކޮންމެ އަކަސް ޤައުމުގެ ކަންތައްތަކަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި އެތައްބަޔަކު މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެއްގައި ރާއްޖޭގެ ކަންކޮޅުތަކުން މިފެންނަ ހިތާމަވެރި މަންޒަރުތަކަކީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ ކަންތައްތަކެއްނޫނެވެ.
ސިޔާސީ ޕާޓީ ސިސްޓަމާއި، ޑިމޮކްރަސީގެ މަފްހޫމާ ޚިލާފަށް މިހިނގާ ތަޅާފޮޅުންތަކާއި، ހަމަނުޖެހުންތައް ދިވެހި ވަޠަނަށް ހެޔޮ އެދޭ ކޮންމެ ރައްޔިތަކު އިންކާރު ކުރާނެއެވެ. މިފަދަ ޢަމަލުތައް ތަކުރާރުވާނަމަ އޭގެ ސަބަބުން މުސްތަޤުބަލުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
މުސްލިމުންގެ ޙައިޘިޔަތުން ވެސް މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ނުކުތާއެކެވެ. މުސްލިމުންގެ ލެއަކީވެސް ވަރަށް ބޮޑަށް ޙުރުމަތްތެރިކުރެވިފައިވާ އެއްޗެކެވެ. ޙައްޤު ނޫންގޮތުގައި އެލޭ އޮހޮރިގެން ދިއުމަކީ ގެފުޅުތަޅާލުމަށް ވުރެން ﷲ ގެ ޙަޟްރަތުގައި ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.
އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތައް ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ޙައްލުކުރެވެން ވާނެއެވެ. ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިން ބޭރުވެ، އެއްވެސް ބަޔަކަށް، ސަރުކާރަށްވެސް، އެއްވެސް ޕާޓީއަކަށްވެސް ކަންތައްތަކެއް ކުރެވުމުގެ ފުރުޞަތު އޮވެގެން ނުވާނެއެވެ. އަދި ޤާނޫނާއި ޤަވާޢިދުތައް ފުނޑު ފުނޑުކޮށްފައި ކަންތައްކުރުމަށް ރައްޔިތުންނަށް ހިއްވަރު ދެވިގެންވެސް ނުވާނެއެވެ.
ޕާޓީ ސިސްޓަމްގެ މަޤްޞަދަކީ އެއީއެވެ. ޑިމޮކްރަސީގެ އުޞޫލަކީ އެއީއެވެ. ފާޑު ކިއުމާއި ވާދަވެރިކަންވެސް އޮންނާންވާނެއެވެ. ނަމަވެސް ތަޅާފޮޅުމާއި، ލޭއޮހުރުވުމަކީ އޮތްކަމެއްނޫނެވެ. ޢަމުދުން މިފަދަ އިސްލާމީ ޤައުމެއްގައި އޮވެގެންވާނެ ކަމެއްވެސް ނޫނެވެ. މިހެންކަމުން އެފަދަ ޢަމަލުތަކަށް ނުގޮސް މައްސަލަތައް ޙައްލު ކުރުމަށް އަޅުގަނޑު އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ފުލުހުންނާއި ރައްޔިތުން


ފުލުހުންނަކީ އަމްނު ޢާއްމާއި، މަޞްލަޙަތު ހިފަހައްޓަން ތިބޭ ބައެކެވެ. އެއީ ސީދާކޮށްވެސް ނުސީދާކޮށްވެސް ވަކި ފަރާތަކަށް ޖެހިފައި ތިބެންވާނެ ބައެއްނޫނެވެ. ފުލުހުންނަކީ އިތުބާރު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އިތުބާރު ލިބޭނީ އިތުބާރު ލިބޭ ގޮތައް އުޅުމުންނެވެ.
ތިމާމެންނަށް ޔުނީފޯރމާއި، ބާރު ދިނީ ރައްޔިތުންނެވެ. ތިމާމެންގެ މުސާރައަކީ ރައްޔިތުންގެ ފައިސާ އެވެ. ތިމާމެން ހުވާކޮށްގެން ތިބީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ވީމާ ސަރުކާރުގެ މަޞްދަރަކީ ރައްޔިތުންކަމުން، ރައްޔިތުންނަށް އޯގާތެރިވާންޖެހޭނެއެވެ.
އާއެކެވެ! ކުށް ކުރާ މީހުން ހިފައި ހައްޔަރު ކުރެވެން ވާނެއެވެ. އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ގެއްލުވާލާ މީހުންނަށް ޢުޤޫބާތްވެސް ލިބެންޖެހޭނެއެވެ. ޤާނޫނާއި ޤަވާޢިދުތަކުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލެއް އެއްވެސް ފަތާތަކުން ވިޔަ ދީގެން ނުވާނެއެވެ.
މިހުރިހާ ކަމެއް އޮންނަންވާނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައެވެ. މަކާރިމުލްއަޚްލާޤުގެ ތެރޭގައެވެ. ފުލުހުންނާ ރައްޔިތުންގެ މެދުގައި އެކުވެރިކަން ޤާއިމު ނުކުރެވޭހާ ހިނދަކު ދުވަހަކުވެސް ޞުލްޙަވެރިކަމެއް ނާންނާނެއެވެ.
ޚިޔާލު ފާޅުކުރުމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ދައުލަތުގެ ޤާނޫނޫ އަސާސީން ރައްޔިތުންނަށް ލިބިދެއެވެ. މިހެންކަމުން ބަޔަކު ހަމަ އެއްވެލާއިރަށް ފުލުހުން ނުކުމެ ހަރުކަށި ޢަމަލުތައް ހިނގައި ރާއްޖޭގެ ރައްޔިތުންނާއި ކުޑަ ކުދިން ގައިގަ މުގުރާ އޭތި މީތިން ތަޅައިގެން މިރުސް ޖަހައިގެން، ކަރުގަ ގޭސް ޖަހައިގެން، ނުބައި ބަހުރުވަ ބޭނުންކޮށްގެން ކަންތަކެއް އިޞްލާޙެއް ނުކުރެވޭނެއެވެ. މިއުޅެނީ ޤައުމެއް އިޞްލާޙު ކުރުމަށެވެ. ޞުލްޙަ ޤާއިމު ކުރާށެވެ. ބަޔަކު ވީރާނާ ކޮއްލާކަށެއްނޫނެވެ.
މިހެންކަމުން ބަޔަކު އެއްވެ އުޅޭނަމަ އެއްވެ އުޅުނު ސަބަބު ހޯދައި، އެކަމަކީ އެކަމެއް ރައްޔިތުން އެދޭގޮތައް ކުރުމަށް އިސްލާމްދީނާއި، ޤާނޫނު އަސާސީ ތަންދޭ ކަމެއްނަމަ އެކަމެއް ކޮށްދެވެންވާނެއެވެ. އެހެން ނަމަވެސް ހަމަ އެއްވެލާއިރައް ޣައިރުޤާނޫނީ ބިރުވެރި އެއްވުމެކޭބުނެ ނަގޫ ރޯޅިއެއްފަދައިން ރައްޔިތުންގެ ތެރެއަށް ފާޅުވެ، ދިރިހުރި ކޮންމެ އެއްޗެއް ތަޅާ ސުންނާފަތިކޮށް ބިމާހަމަ ކުރުމުން އެކުރެވުނީ ޤާނޫނީ ޢަމަލެއް ހެއްޔެވެ؟ އެޙިމާޔަތްކުރެވުނީ ޤާނޫނު ހެއްޔެވެ؟ އެއްހާސް ފަހަރު ނޫނެކެވެ. އެއްހާސްފަހަރު ނޫނެކެވެ. ކިއެއްތޯއެވެ؟ އެ ފުނޑުފުނޑު ކޮށްލެވުނީ ޤާނޫނުތަކުގެ މަޞްދަރެވެ.
މިގޮތައް ޢަމަލު ކުރަން ވެއްޖެނަމަ، ދުވަހެއް ދުވަހަކަށް ދާނީ ފުލުހުންގެ ނަން ހުތުރުވަމުންނެވެ. އިތުބާރު ދާނީ ގެއްލެމުންނެވެ. ހެދިބޮޑުވަމުން އަންނަ ޖީލުގެ ހިތްތަކުގައި ފުލުހުންނާ މެދު އޮންނަންޖެހޭ ޖެހިލުންތެރިކަން ކުޑަވެގެން ދިއުމަކީ ނާމާންކަމުގެ ތަޅުދަނޑިއެކެވެ.
ފުލުހުންނާ ރައްޔިތުންނާ ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކަކީ އަވަސް ނިމުމެއް އަންނަން ވެއްޖެ ކަމެކެވެ. މިކަމުގައި ދެފަރާތުގެ މީހުންނަށް ވެސް ލިބެމުންދާ އަނިޔާއާ މެދު އިންތިހާއަށް ހިތާމަކުރަމެވެ. މިކަންތަކަށް ހުއްޓުމެއް ނާންނަނަމަ މިޤައުމު ވަރަށް އަވަހަށް ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.
ފަރެސް މާތޮޑާގެ ރައްޔިތުންނާ މެދު ދިވެހި ފުލުހުން ހިނގި ހަރުކަށި ޢަމަލުތައް ކުށްވެރި ކުރަމެވެ. އޭގައި ފުލުހުންނަށް އަނިޔާލިބުނުކަމީ ވެސް ހިތާމަ ހުރި ކަމެކެވެ. ހުތުރުބަސްތަކުން ރައްޔިތުންނާ މުޚާޠަބު ކުރުމާއި، މުގުރާއި ކަރުނަ ގޭސް، އަމިއްލަ ޙައްޤުތަކެއް ހޯދައިގަތުމަށް މަސައްކަތްކުރި ނިކަމެތި ރައްޔިތަކާ ދެކޮޅަށް ބޭނުންކުރި ކަމީ މިފަދަ މައްސަލަތައް ޙައްލުކުރުމުގައި އަދުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ދޭހަކޮށްދޭ ވަރަށް ބޮޑު ދަލީލެއްކަމަށް އަޅުގަނޑު ދެކެމެވެ.
އައްޑޫގައި ހިނގައިދިޔަ ޙާދިސާތަކަކީ ވެސް އެހާމެ ހިތާމަވެރި ޙާދިސާތަކެކެވެ. ޢާއްމު ރައްޔިތުންނާއި، ފުލުހުންގެ ބަޔަކަށް އަނިޔާތަކެއް ލިބިގެން ދިޔަ ޙާދިސާއެކެވެ. މިއީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ޤައުމެވެ. އަޅުގަނޑުމެންގެ ވަޠަނެވެ. މިތާނގައި އުޅެންތިބީ ހަމަ އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ދަރީންނެވެ. މިތަނުން އަމަން އަމާންކަން ގެއްލިގެން ދިއުމަކީ އެއްމެނަށް ވެސް ލިބޭނެ ނިކަމެތިކަމެކެވެ.
ކޮންމެ ކަމެއްގެ ޙައްލަކީ ޢަސްކަރީ ވަސީލަތްތަކެއްނޫނެވެ. މިހުރިހާ މައްސަލަތަކެއް ދިމާވެގެން މިއުޅެނީ ސަރުކާރުގައި ފުރިހަމައަށް ޢަދުލުވެރިކަމެއް ނެތުމުންކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ސިފައިންނާ ފުލުހުންވެސް ނުސީދާގޮތެއްގައި ނަމަވެސް ވަކި ފަރާތަކަށް ބުރަވެ ޢަމަލުތައް ބަހައްޓާކަމުންކަމުގައި ވެސް އަޅުގަނޑު ދެކެމެވެ. އަދި ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިފައި ނެތް ކަމުންކަމުގައިވެސް އަޅުގަނޑު ދެކެމެވެ.
ހަމަހަމަ ކަމާއި ޢަދުލުވެރިކަން ނެތް ކޮންމެ ތަނެއްގައި މިފަދަ ކަންތައްތައް ހިނގާނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. މި ފުރުޞަތުގައި ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތަކުގެ މެދުގައްޔާއި، ރައްޔިތުންގެ ޙައްޤުތަކުގައި ޢަދުލުވެރިވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ވެރިކަން ވައްޓާލުން
 

މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާމެދުގައި ރައްޔިތުން ބަހުޘްތައް ކުރަމުންދާ ދުވަސްވަރެކެވެ. އެ ނިޒާމަށް ހެޔޮ ރަނގަޅު ބަދަލުތައް ގެންނަން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވެއެވެ. އަދި ހަމަ އެހެންމެ ވެރިކަން ބަދަލުކޮށްލަންވެސް ބަޔަކު ބޭނުންވެފައިވާކަމީ ފޮރުވާ ނުލެވޭނެ ޙަޤީޤަތެކެވެ.
މަގުމައްޗައް ނިކުމެ ހަޅުތާލުކޮށްގެން ލޭ އޮހޮރުވައިގެން ނަމަވެސް ވެރިކަން ވައްޓާލުމަށް ބަޔަކު އެދޭ ހެންވެސް ހީވެއެވެ. އަނެއްބަޔަކު ސިޔާސީ ގޮތުން ޖަދަލުކޮށްގެން ވެރިކަން ހިނގުމުގެ ނިޒާމައް ހެޔޮބަދަލު ގެނައުމަށް ބޭނުންވެފައިވާ ކަމުގެ ހެކިތައްވެސް ފެނެއެވެ.
އަނެއްބަޔަކު ބޭނުންވަނީ ޝަރުޢީ، އަދި ޤާނޫނީ ހަމަތަކުގެ މަތިން މިވެރިކަން ބަދަލުކުރުމަށެވެ. އިޞްލާޙު ކުރެވެން ހުރިކަންތައްތައް އިޞްލާޙުކުރުމެވެ. މިމައްސަލައިގައި ޚިޔާލު ތަފާތުވުންތަކެއްވަނީ އުފެދިފައެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމުން، އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ގޮތުގައި ހިފުމަށެވެ. އިރުމައްޗާއި، ހުޅަނގުގެ ލާދީނީ ޢަލްމާނީ ޤައުމުތަކަކީ އަޅުގަނޑުމެންނަށް ނަމޫނާއެއްކަމުގައި އަޅުގަނޑުމެން ބަލައިގެން ނުވާނެއެވެ. އެއީ ދީނީ ގޮތުންވެސް ނަމޫނާއެއްނޫނެވެ. އަޚްލާޤީ ގޮތުންވެސް ނަމޫނާއެއްނޫނެވެ. ޘަޤާފީ ގޮތުންވެސް ނަމޫނާއެއްނޫނެވެ.
އަޅުގަނޑުމެންނަށް ދިމާވާ މުޞީބާތްތަކުންވެސް އަޅުގަނޑުމެން ސަލާމަތްކަން ހޯދައިގަންނާނެ އެންމެ މާތް، ފުރިހަމަ، ޙިކުމަތްތެރި ގޮތް މާތްވެގެންވާ އިސްލާމްދީނުގައި ﷲ އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ.
މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުންމަތަށް ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މުޞީބާތަކީ، އަނިޔާވެރި ވެރިން އުންމަތުގެ ކަންތަތައްތައް ހިނގުމަށް އިސްކުރެވިފައިވާވުމެވެ. މިބައިމީހުން އިސްކުރީ ހަމަ މިބައިމީހުންގެ ރައްޔިތުންނެވެ. މިހެންކަމުން މިފަދަ ޙާކިމުންގެ ވެރިކަމުގައި ވަނީ ޤާނޫނީ ކުލަޖެހިފައެވެ. ޤާނޫނީ ކުލަ ޖެހިފައިވާނަމަ، އެވެރިކަމަށް ޤާނޫނީ ގޮތުން ބާރުތަކެއްވެސް ލިބިދީފައިވާނެއެވެ. އެވެރިކަން ޙިމާޔަތްކުރާނެ ލަޝްކަރު ވެސް އޮންނާނެއެވެ. އެބައިމީހުންގެ އަތުގައި ކަނޑިބަޑިއާއި، ހަތިޔާރުވެސް ހުންނާނެއެއެވެ. މިއީ ޤާނޫނީ ކުލަ ޖެހިފައިވާ ކޮންމެ ވެރިކަމަކަށް ލިބިގެންވާ ބާރުތަކެކެވެ. އެބައިމީހުންނަށް އެބައިމީހުންގެ ވެރިކަން ޙިމާޔަތްކުރުމުގެ ޙައްޤުވެސް ލިބިގެންވެއެވެ.
އަނިޔާވެރި ވެރިއަކު ކަމުގައިވިޔަސް އެމީހާއަށް އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ ޙައްޤުތަކެއްވެސް ވެއެވެ. ހެޔޮގޮތް ބަޔާންކުރުމާއި، މުންކަރާތް ނަހީކުރުމާއި، ޙައްޤުބަސްބުނުމެވެ. ހިދާޔަތް ދައްކަވާތޯ ދުޢާކުރުމެވެ. އަދި ޝަރީޢަތާއި ޤާނޫނު ހުއްދަކުރާފަދަ ގޮތަކަށް މުސްލިމު ރައްޔިތުންގެ މަޞްލަޙަތު އޮތް ގޮތަކަށް އޭނާ ޢަޒުލު ކުރުމެވެ. މިއީ އުއްމަތުގެ ޢަޤީދާއެވެ.
އަޅުގަނޑުމެންނާމެދު ވެރިޔާގެ ބޮލުގައިވެސް ޙައްޤުތަކެއް އެޅިފައިވެއެވެ. އެއީ ޢަދުލުވެރިކަން ޤާއިމު ކުރުމެވެ. އަޅާލުމެވެ. އަމާނާތްތެރިވުމެވެ. އޭނާ އެޙައްޤުތައް އިހުމާލުކޮށްފައި، އަނިޔާވެރިވެއްޖެނަމަ އަޅުގަނޑުމެންގެ މައްޗައް އޮތީ ، ކެއްތެރިވުމެވެ. ހެޔޮގޮތް ބަޔާންކުރުމެވެ. އަދި ޝަރުޢީ، އަދި ޤާނޫނީ ހަމަތަކުގެ އަލީގައި އެއަށްވުރެން ހެޔޮކަންބޮޑު ގޮތަކާއި، ހެޔޮކަން ބޮޑު މީހެއް ފެނޭތޯބެލުމެވެ. މުސްލިމުންގެ ލޭ އޮހޮރިގެންދާފަދަ ކަންތައްތައް ހިނގުމެއް ނޫނެވެ. މުސްލިމުންގެ ބަޔަކު ޤުރްބާން ކުރުމެއްނޫނެވެ.
ވެރިޔަކު އަނިޔާވެރިވުމުން، އޮތް ގޮތަކީ ޞުލްޙަވެރިކަމާއެކު، ވާހަކަ ދައްކައިގެން، އަނިޔާވެރިކަން ފިލުވާލެވޭތޯ ބެލުމެވެ. ރަނގަޅުކުރެވޭތޯބެލުމެވެ. ހެޔޮ މަގައް ގޮވާލުމެވެ. މުންކަރާތްތައް ނަހީކުރުމެވެ. އަދި ކުރިންވެސް ދެންނެވި ފަދައިން ޝަރުޢީ މިންގަނޑު ތެރޭގައި ޙައްލެއް ހޯދުމަށް މަސައްކަތްކުރުމެވެ. މިއިން ކަމަކުން ފައިދާ ނުކޮށްފިނަމަ މުސްލިމުން މަޝްވަރާކޮށްގެން ގޮތެއް ނިންމާނީއެވެ.
އިސްލާމީ ޖަމާޢަތުގެ ވެރިޔާގެ މައްޗައް ނިކުމެ، ގަދަކަމަށް އޭނާ ވައްޓާލެވޭނީ އޭނާގެ ފުށުން އެއްވެސް ތައުވީލެއް ނެތް، އަދި ދަލީލުތަކުގެ އަލީގައި އެއީ ކަނޑައެޅިގެން ސީދާ ކާފިރުކަމެފެނުމާއި، ނުވަތަ އޭނާ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ދިއުމުން އަންނަނިވި ޝަރުޠުތަކާއެކުގައެވެ.
1- އިސްވެ ބަޔާންވެދިޔަ ފަދައިން ކަނޑައެޅިގެން ސީދާ ކާފިރުކަމެއް އެމީހާގެ ކިބައިން ފެނުން ނުވަތަ އަނިޔާވެރިކަމުގައި ޙައްދު ފަހަނައަޅާފައިވުން
2- ގަދަކަމަށް ނޫންގޮތަކަށް އޭނާ ބޭލޭނެ ގޮތެއް ނެތުން. މިސާލަކަށް، ރައްޔިތުންގެ މަޖްލީހެއް މެދުވެރިކޮށް، ނުވަތަ އިންތިޚާބެއްފަދަ ކަމެއް ، ޤާނޫނީ ގޮތުން ފެންނަން ނެތުން.
3- އޭނާގެ ބަދަލުގައި، އޭނާ އަށް ވުރެން ޞާލިޙު، ހެޔޮ ލަފާ މީހަކު އޭނާގެ މައްޗައް ނިކުންނަ މީހުންގެ ތެރޭގައި ހުރުން.
4- އޭނާ ވައްޓާލަން ނިކުންނަ ޖަމާޢަތަކީ ސުންނީ ޢަޤީދާގެ ބަޔަކު ކަމުގައިވުން
5- އޭނާ ވައްޓާލަން ނިކުތުމުގައި، ރައްޔިތުންގެ މަޞްލަޙަތު ގެއްލި، ހުރުމަތް ކެނޑި، ލޭ އޮހޮރިގެން ދިއުމަށް މަގުފަހި ނުވުން.
6- އޭނާ ވައްޓާލަން ނިކުންނަ ނިކުތުމުގައި އިތުރު ފިތުނަތައް ފާޅުނުވުން
7- އޭނާގެ ވައްޓާލަން ނިކުމެގެން އޭނާގެ ވެރިކަން ވައްޓާލެވިދާނެ ކަމުގެ ޔަޤީންކަން އޮތުން
8- އޭނާ ޙިމާޔަތްކުރާ ހަތިޔާރު ހުރި ބާރުގަދަ ލަޝްކަރުގެ މައްޗައް ގަދަވެވެވިދާނެ ކަމުގެ ޔަޤީންކަން އޮތުމާއި، އެއަށް ވުރެން ބާރު ލިބިފައިވުމާއި، ފަހަތައް ނުޖެހި ކުރިމަތިލެވޭނެ ކަމުގެ ޔަޤީންކަން އޮތުން
9- އޭނާއަށް ފަހުގައި އަމަން އަމާންކަން ޤާއިމުކޮށް، ދީން ޙިމާޔަތްކޮށް، މުޖުތަމަޢުން ފަސާދަ ނައްތާލެވިދާނެކަމުގެ ޔަޤީން ކަންއޮތުން.
10- އިސްލާމީ ޝަރީޢަތް ޤާއިމުކުރާ ރަނގަޅު ދައުލަތެއް ޤާއިމު ކުރެވިދާނެކަމުގެ ޔަޤީންކަން އޮތުން.
ވެރިޔާ ގަދަކަމަށް ވެރިކަމުން ބޭލުމަށް ބޭނުންވާ މުސްލިމުންގެ ޖަމާޢަތުގައި އިސްވެ ބަޔާންވެ ދިޔަ ޝަރުޠުތައް ފުރިހަމަ ވާނަމަ، އެކަން ކުރެވިދާނެއެވެ. ނަމަވެސް އެޝަރުޠުތައް ފުރިހަމަ ނުވެ، އޭނާ ގަދަބާރުން ބޭލުމަށް، އޭނާގެ މައްޗައް ނިކުތުމުގެ ސަބަބުން، އިތުރު ފަސާދަތަކަށް މަގުފަހިވެގެންދާނެކަމަށްޓަކައި، އެޝަރުޠުތައް ފުރިހަމަ ނޫން ނަމަ ނިކުތުމަކީ ނުރައްކަލެކެވެ.
އޭގެތެރޭގައި، ހައްޔަރުކުރަން ހައްޤު ނޫން މީހުން ހައްޔަރުވުމާއި، މުސްލިމު އެތައް ބަޔަކަށް އަނިޔާތަކެއް ލިބި، ލޭއޮހޮރިގެން ދިއުމާއި، މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލިގެން ދިއުމާއި، ބިރުވެރިކަން މުޖުތަމަޢަށް ފެތުރިގެން ދިއުމާއި، ކަންތައްތައް އިޞްލާޙުގެ މަގުން، ހިނގަން ތިބޭ މީހުންނާއި، ޙަރަކާތްތަކާއި، ޕާޓީތަކުގެ އިސް ވެރިންނާއި، ލީޑަރުން ބަންދުވެ، ހަލާކުވެދިއުމާއި، އިޞްލާޙީ ޙަރަކާތްތަކަށް ހުރަސްތައް ދިމާވުމާއި، ދިރިއުޅުމުގެ މަގުތައް ބަނދުވެގެންދާނެއެވެ. އަދި އެތައް މުންކަރާތްތަކެއް ފާޅުވާނެއެވެ.
އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އަދި މިއޮތް ގޮތުން މަދަނީ ބަސްނޭހުމަކުން، ނުވަތަ ނުކުމެ ކުރެވޭ ހަޅުތާލައަކުން ރާއްޖޭގައި މިއޮތް ވެރިކަމަށް ނިމުމެއް ނާންނާނެއެވެ. ބާރު އޮތީ ހަމަ އެބައިމީހުންގެ އަތުގައެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ހަމަ ޚުދު މުޚުތާރު، އަދި ޖުމުހޫރީ ކުލަ ޖެހިފައިވާ ޢަސްކަރީ ވެރިކަމެވެ. އޭގައިވަނީ ޤާނޫނީ ކުލަޖެހިފައެވެ. އެހެން ސަބަބެއް އޮވެގެން ނޫނެވެ. މިހެންކަމުން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ބޭނުންބަޔަކު އެކަން ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަނީ ޤާނޫނީ ހަމަތަކުގެ މަތިންނެވެ. ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތު އޮތީ އެގޮތުގައެވެ.
މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އަށް ވުރެން ރަނގަޅު ރައީސުލްޖުމުހޫރިއްޔާއެއް ދިވެހި ދަރީންގެ ތެރެއިން ލިބިދާނެއެވެ. މިއީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް މިހާރު ހުރި ރައީސުލްޖުމުހޫރިއްޔާ ގަދަކަމަށް ބޭލޭނެހާ ބާރެއް ބަސްނޭހުމަށް ގޮވާލާ މީހުންނަށް ލިބިގެންވާކަމަކަށް އަޅުގަނޑު ނުދެކެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެފަދަ ބާރެއްނެތި، ތައްޔާރީތަކެއް ނެތި، ޖައްސާލާނެ ގަލެއް ނުބަލާ، ރައްޔިތުން އައްޑަނައަކަށް ހަދައިގެން އުދުހިފަ ނިކުތުމުން ނިކުންނާނީ ކުރިން ދެންނެވި ނަތީޖާއެވެ. ރާއްޖޭގައި އޮތް ވެރިކަން ބަދަލު ކުރުމަށް އެންމެ އެކަށޭނަ މަގަކީ އަޅުގަނޑުގެ ނަޒަރުގައި ޤާނޫނީ ހަމަތަކެވެ. ޝަރުޢީ އުޞޫލުތަކެވެ. މިއީ ވަކި ބައެއްގެ ދިފާޢުގައި ބުނާއެއްޗެއްނޫނެވެ. މިއީ ރައްޔިތުންނާއު ޤައުމުގެ މަޞްލަޙަތުގެ ދިފާޢުގައި ބުނާއެއްޗެކެވެ.
މުސްލިމުންގެ މައްޗައްވަނީ ކެއްތެރިވުމެވެ. އިޞްލާޙުކުރެވޭތޯ މަސައްކަތްކުރުމެވެ. އަނިޔާވެރިކަން ނައްތާލެވޭތޯ މަސައްކަތް ކުރުމެވެ. ޙައްޤުބަސް ބުނުމެވެ. އިސްލާމީ ތާރީޚަށް ބަލާއިރު، ވެރިކަންތަކުގެ މައްޗައް، ރައްޔިތުން ބާރެއްނެތި ގަދަކަމަށް، ވެރިކަން ޢަޒުލުކުރަން ނިކުތުމުގެ ސަބަބުން، އެތައް ފިތުނައެއް އުފެދި، އެތައް ބަޔަކުގެ ލޭ އޮހޮރިގެން ގޮސްފައިވެއެވެ. ޙައްޤަކާ ނުލައި، އެތައް ބަޔަކު ކަތިލެވިފައިވެއެވެ.
ޤާނޫނީ ކުލަ ޖެހިފައިވާ ވެރިކަމެއް، މަގުމައްޗައް ނިކުމެ، ހަޅުތާލަކޮށް، ނުވަތަ މަދަނީ ބަސްނޭހުމަކުން ގަދަކަމަށް އެވެރިކަމެއް ވައްޓާލެވުމަކީ މިޒަމާނުގައި މުސްތަޙީލު ކަމެކެވެ. އަދި ތާރީޚުގައިވެސް އެގޮތައް ވައްޓާލެވިފައިވާ އެއްވެސް ވެރިކަމަކަށްފަހު، އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ޤާއިމުކުރެވިފައިވާ ކަމަށް އަޅުގަނޑުގެ މަޢްލޫމާތަކުން ނުދައްކައެވެ.
މިހެންކަމުން މިފަދަ ކަންތައްތަކާމެދު މި ފަދަ ދަނޑިވަޅެއްގައި ރައްޔިތުން ވިސްނައި، ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވިސްނުމެއްނެތި މިފަދަ ކަންތައްތަކަށް ފައިނެގުމަކީ ރައްޔިތުންނާއި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމެވެ. އަލިފާނަގަނޑަށް ވައްޓާލުމެވެ.
ރާއްޖޭގައި ނަމަ ވެރިކަންބަދަލުކުރަންބޭނުންވާ މީހުންނަށް ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަން ބަދަލު ކޮށްލެވެން އެބައޮތެވެ. ރައްޔިތުންގެ މަޖްލިސް މެދުވެރިކޮށެވެ. ނުވަތަ މިނިވަން އިންތިޚާބަކުންނެވެ. ރިޔާސީ ދައުރު ހަމަވުމުން، މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އެމަޤާމުގައި ހުންނަން ބޭނުން ނުވާ މީހުން ތިމަންމެން އޭނާ އެމަޤާމުގައި ބަހައްޓަން ބޭނުމެއް ނޫނޭ ބުނުމުގެ ޙައްޤު އެބައޮތެވެ.
ވެރިކަން ބަދަލުކުރަން ބޭނުންވާ މީހުންނަށް މިފަދަ ހެޔޮ، ރަނގަޅު، އަދި ޝަރީޢަތާއި، ޤާނޫނު ހުއްދަކުރާ ފުރުޞަތުތަކެއް އޮއްވާ، އަވަސް އަރައިގަނެގެން މުސްލިމުންނަށް އަނިޔާލިބި، ލޭ އޮހުރުވައިގެން ވެރިކަން ބަދަލު ކުރަން މަސައްކަތްކުރުމަށް ވިސްނުން އެއީ ބުއްދިވެރިކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނެއެވެ. ކޮންމެ ކަމެއްގައި މުޅިޤައުމުގެ މަޞްލަޙަތު އިސްކުރަން ޖެހޭއެވެ. ނަފްރަތާއި، ޙަސަދަވެރިކަން، ނުވަތަ ބައެއް އަފުރާދުންގެ މަޞްލަޙަތު މިފަދަ ކަންކަމުގައި އިސްކުރުމަކީ ޙިކުމަތްތެރި ގޮތެއްނޫނެވެ.
ޑިމޮކްރަސީއަށް ވިސްނާލިޔަސް، ޑިމޮކްރަސީއަކީ މަޝްވަރާއެވެ. ވާހަކަ ދެއްކުމެވެ. ޞުލްޙަވެރިކަމެވެ. މިހެންކަމުން ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ހަޅުތާލަކޮށް މީހުންގެ ފުރާނަ ޤުރުބާން ކޮށްގެން ވެރިކަން ބަދަލު ކުރުމެއް ނެތެވެ. ތަބާވާންވީ އިސްލާމީ އަޚުލާޤަށެވެ. ކުރިއަށް ނެރެންވީ ޝަރުޢީ އުޞޫލުތަކެވެ. ޤާނޫނީ ހަމަތަކެވެ.

ތާރީޚުން ޢިބުރަތް ލިބިގަތުން ކީއްތޯ؟

ތާރީޚުން ޢިބުރަތް ލިބިގަންނަން ބޭނުންމަ ލިބިގަންނާށެވެ. ޢިރާޤުގެ ބައެއް ރައްޔިތުން، އިނގ