06 February 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

SOCIETY & CULTURE

 

އުޚްތުންގެ ބޭބެއަށް...
06/02/2006 | މުޙަންމަދު | އީ-މެއިލް
ލޮބުވެތި ބޭބެއަށް!!!
މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުގެ އުޚްތަކު ވަނީ މަތީގައިވާ މައުޟޫޢަށް ބޭބެ ތިޔަ މަސައްކަތް ކުރައްވާ ގޮތަށް އަޅުގަޑުމެން އަންހެނުންގެ ޙައްޤުތަކަށްޓަކައި ދިވެހި ނޫހެއްގައި ލިޔުއްވި ޙަކީމްބެއެއްގެ ޙަކީމީ ލިޔުމަށް މަރުޙަބާ ކިޔުއްވާފައެވެ... މިއަދު އަޅުގަނޑު މިލިޔުން ލިޔަނީ ސަލީމްބެއަށް، އަޅުގަނޑުމެންނަށްޓަކައި ތިޔަ ފެއްޓެވި ސަލީމީ ޖިހާދަށް މަރުޙަބާ ކިޔުމުގެ ގޮތުންނެވެ. ހަމައެކަނި ތަފާތަކީ އޭރު ލިޔުންތައް ޝާއިޢު ކުރީ ޗާޕްކުރެވުނު ނޫހެއްގައެވެ. އެއީ އެއިރުގެ އެންމެ މުހިއްމު ޚަބަރުފަތުރާ ވަޞީލަތެވެ. މިހާރު މި ޝާއިޢު ކުރެވެނީ މިހާރުގެ އެންމެ މުހިއްމު ޚަބަރު ފަތުރާ ވަޞީލަތުގައެވެ.
ކޮންމެއަކަސް.....! ބޭބެގެ ތިޔަ ހިތްވަރަށް ސާބަހާއި އައްސަރިބަސް ރައްދުކުރުން ޙައްޤެވެ.
ބޭބެ ތިޔަ ވިދާޅުވާ އަޅުގަނޑުގެ ޅިޔަނު ފަދަ އެކްސްޓްރީމިސްޓު ޚިޔާލުގެ މީހުންގެ ދޫތައް މިހާރު މާބޮޑަށް މިނިވަން ވެއްޖެއެވެ. ޚާއްޞަކޮށް ޢަދާލަތު ޕާޓީގެ ނަމުގައި ދީން ޙިމާޔަތް ކުރުމަށް އެމީހުން ހެދި މުއައްސަސާގެ ސަބަބުން އެމީހުންގެ އެކްސްޓްރީމް ގޮތްތައް ފެތުރުމަށް އެކްސްޓްރީމިސްޓުންގެ ބޮޑެތި މީހުންތައް ރާއްޖޭގެ އުތުރަށާއި ދެކުނަށް ދަތުރު ކުރަމުން އެހެރަ ގެންދަނީ އެވެ. ބޭބޭއެވެ. އަޅުގަޑު އެންމެ ޙައިރާންވާ ތަންކޮޅަކީ ބޭބެމެން ކަހަލަ ދީނުން އަލިފެއް ބާއެއް ނޭނގޭ ގަމާރު ދެތިން މީހުން ނޫސްތަކަށާއި ސައިޓް ތަކުގައި ލިޔާއިރު ތިމަންނައަކީ މާދަމާ ﷲގެ ޙަޟްރަތުގައި ސުވާލު ވެވޭނެ މީހެއް ކަމެއް ހަނދާނެއް ނެތްކަމެވެ. ((މާފު ކުރައްވާތި! އަޅުގަނޑުގެ ބަސްމަގު ފަހަރުގައި ބޭބެ ހިތްޕުޅު ހަމަނުޖެހޭ ގޮތަށް ހުރެދާނެ...! އަޅުގަނޑުގެ އުޚްތު ވަރަކަށް އަޅުގަނޑެއް ދިވެހިބަހަށް މޮޅެއް ނުވާނެ))
އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ތިމަންނައަށް ﷲ ގެ ޙުކުމަކަށް ޖޯކު ޖެހެނީނޫން ބާވައެވެ. ދީނުގެ ޙުކުމް ތަކަށާއި ދީނީ މީހުން ނަށް މަލާމާތް ކުރުމުގެ ވާހަކަ އަޅުގަނޑު ޢަދާލަތުގެ ވެބްސައިޓުން ކިޔެވީމެވެ. [އެލިޔުން ލިޔާލުމަށް ބޭބެއަށް ނަސޭހަތްތެރިވަމެވެ.[ ކޮންމެއަކަސް ހިތް ނިޔަތް އިޚްލާޞް ތެރިވެފައިވާނަމަ ބޭބެއަށް އަޖުރު ހުއްޓެވެ.
ބޭބޭއެވެ...!!!! އަޅުގަނޑުގެ ހިތަށް އަރައެވެ. ބޭބެ މެންފަދަ މުޖާހިދުންގެ ޖިހާދުގައި ކާމިޔާބު ވެއްޖެނަމަ،،.. ރާއްޖޭގެ ވެރިކަންވެސް އަންހެނަކަށް ލިބިގެން ދާނެއެވެ. ސުބްޙާނަﷲ !!!! ވިސްނާލުމުން ހިތް ފުރިގެން ބަންޑުން ވެއެވެ. ފަނޑިޔާރުންނަކީވެސް އަންހެނުންނެވެ. މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަށް - އަންހެނުންނެވެ. ފިރިހެނުން އުޅެން ޖެހޭނީ އެމީހުންގެ ޙައްދުގައެވެ. ހޫނުކަމުގެ ގަދަކަމުން އަންހެނުން ތިބޭނީ ، މިހާރު ރިސޯޓް ތަކުގެ ގޮނޑުދޮށްތަކުގައި އުޅޭ ބިދޭސީން އަޅާ ހެދުމުގައެވެ. އެއިގެ މާނައަކީ ބޭނުން މީހަކަށް ބޭނުން ގޮތަކަށް ހެދުން އެޅޭނެއެވެ. ދެމީހުންގެ ރުހުމާއެކީ ކުރާނަމަ އެކަން އެއީ ޒިނޭ ނޫން ކަމަށް ބުނެ، ޒިނޭގެ ލަފްޒު ބޭނުން ކުރުން މަނާ ކުރާނީއެވެ.
އަޅުގަނޑުމެން ބައެއް އަންހެންކުދިންނަށް މައިންބަފައިންގެ ސަބަބުން "ބިޓުން" ކައިރިއަށް ގޮސް ނެހެދެއެވެ. އަދި ބިޓުންނަށް އަހަރެމެން ކައިރިއަށް އައިސްވެސް ނެހެދެއެވެ. އެހެންވީމާ، ޤާނޫނުގައި އަންހެންދަރިންގެ މިނިވަންކަމަށް ހުރަސް އެޅުމަކީ ބޮޑު ކުށެއްކަމަށް ބަޔާންކޮށް އަންހެންދަރީން މިނިވަން ވެގެން ދާނެއެވެ.
ފިރިމީހާ މާބޮޑަށް ރުޅިއައިސްގެން ގޮތްބޮޑުކުރަން ފަށައިފިނަމަ "ތިހިރީ ވަރި ކޮށްފައޭ " ބުނެ ވަރި ކުރުމުގެ ޙައްޤުވެސް އަންހެނުންނަށް އޮންނާނެއެވެ.
ދެން އޮތީ އެހެން ވާހަކައެކެވެ. އާދެ! އެއީ ނުވަމަސް ވަންދެން ބަނޑުގައި އަޅާ، އެހާ ގަދަ ވޭނާއެކު ވިހެއީމާވެސް އެ ދަރީގެ މައްޗަށް އެންމެ ބޮޑަށް ބާރުހިންގޭ ފަރާތަކީ ބައްޕައެވެ. ޚާއްޞަކޮށް އަންހެން ދަރިއަކަށް ވެއްޖެނަމަ އެދަރިއަށް ވަލީ ދެނީވެސް ބައްޕައެވެ. ކައިވެނީގެ ތެރޭގައި މަންމައަށް އޮންނަނީ ބަދިގެ ތެރެ އެކަންޏެވެ. އެހެން ވީމާ، ބޭބެމެންގެ މަސައްކަތުން އަންހެން ދަރީންނަށް ވަލީ ދިނުމަކީ މަންމައިން (އަންހެނުން) ގެ ކަމަކަށް ވެގެންދާނެ ތާއެވެ.
އެކަމަކު......!!!!!!!!!!! މި ހުރިހައި ކަމެއްގައި ކުރިއެރުން ހޯއްދަވައި ދެއްވާއިރު .... ކޮންމެ މަހަކު މި ދިމާވާ ޙައިޟުން ސަލާމަތްކުރެއްވޭތޯ ބައްލަވާށެވެ. މިކަމަ ށް އަލިމަގެއް ފަހިވެއްޖެއްޔާ... ދެން އޮތީ އެއައްވުރެ ބޮޑު ކަމެކެވެ. އާދެ! އެއީ މިހާ ދުވަސް ވަންދެން ދަރިން ވިހައި، އެ ހުރިހާ ތަކުލީފެއް އުފުލަނީ އަންހެނުންނެވެ. ދެން ބޭބެމެން މަސައްކަތް ކުރައްވައިގެން ފިރިހެނުންނަށް އެކަން ޙަވާލުކޮށް ދެއްވާށެވެ. ޙަޤީޤީ މިނިވަންކަމަކީ މިއީ... އެހެން ނޫންތޯ؟ 
 ނުނިމޭ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved