11 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ތިޔަ ހީފުޅުކުރައްވަނީ ނުބައިކޮށް! ތިޔަކަން އޮތީ ތިޔަހެންނެއް ނޫން

12/01/2006 | އައްލާބެއްޔާ | އީ-މެއިލް
އީދުދުވަހު ރައްޓެއްސަކު ފެނިގެން ކޮފީއަކަށް އޭނާޔާއެކު ދިޔައީމެވެ. މާގިނައިރެއްނުވެ ރާއްޖޭގެ ސިޔާސީ މައްސަލަތަކާމެދު ވާހަކަ ދައްކަން ފެށުނެވެ. އެންމެ ހޫނުކޮށް ވާހަކަ ދެކެވުނު އެއްމައްސަލައަކީ ރާއްޖޭގައި އިތުރުވަމުންދާ ހަމަނުޖެހުމުގެ މައްސަލައެވެ. ސަރުކާރުން މީސްމީހުން ޤަވާއިދާއި ޚިލާފަށް ހައްޔަރު ކުރައްވާ ވާހަކައެވެ. ރައީސް މައުމޫނު އެއްވެސް ހައްޤަކާއިނުލައި ގަވާއިދާއި ޚިލާފަށް މީހުން ހައްޔަރުކުރައްވަމުން ގެންދަވާވާހަކައެވެ. ދެންވެސް މިކަހަލަ ވާހަކަ ތަކެކެވެ.
އަޅުގަނޑުގެ ރައްޓެހިމީހާގެ ޚިޔާލުގައި 'ވަޅިއެޅި ހުކުރު' ގައި ހައްޔަރުކުރެއްވި އެންމެންނާއި ފަރެސް މާތޮޑާގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރެވުނު މީހުންނަކީވެސް އެއްވެސް ހައްޤަކާއި ނުލައި ހައްޔަރުކުރެވުނު މީހުންނެވެ. އަދި އެއީ ހައްތާވެސް އެމީހުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުގައި އެމީހުންގެ ޚިޔާލުފާޅުކުރެވެމުންދަނިކޮށް ހައްޔަރުކުރެވުނު މީހުންނެވެ. އެމީހުން އެދުވަހު ގޮވަމުން ދިޔައީ އިސްލާހީ ބަދަލުތަކަށޯލައެވެ. ދެން މައުމޫނުގެ ސަރުކާރުގެ އިސްތިއުފާޔަށޯލައެވެ.
ނަމަވެސް އަޅުގަނޑަށް އެވާހަކަ ހަޖަމުކުރަން މާފަސޭހައެއް ނުވިއެވެ. އަޅުގަނޑުބުނީމެވެ. ރާއްޖޭގައި ހައްޤަކާއި ނުލައި ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވި އަދަބުލިބިފައިވާ ކިތަންމެ ބަޔަކު އެބަތިއްބެވެ. ނަމަވެސް އޭނާ އެބުނި މީހުންނަކީ ސަރުކާރުގެ އިމާރާތްތަކެއް ރޯކޮށް، ތަޅާސުންނާފަތިކޮށް، ފުލުހުންގެ އެތައް ވެހިކަލެއްގައި ރޯކޮށް،(ވަޅިއެޅި ހުކުރު) ނުވަތަ ސަރުކާރުން ފޮނުވި ބަޔަކު ރަށުން ފުރުނަނުދީ ހައްޔަރުކޮށްފައިވާ (ފަރެސް މާތޮޑާ) ބަޔެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނާއި އެމީހުން ޚިލާފުވީތީ އެކަމުގެ އަދަބުލިބެން ޖެހޭނެވެ. ނަމަވެސް އޭނާ އަޅުގަނޑާއި އެއްބަސްވާގޮތެއް ނުވިއެވެ. އޭނާގެ ޚިޔާލުގައި ޤާނޫނު އަސާސީއަކީ "ގޮޅާބޯ" އޭނާގެ ސަރުކާރު ހިމާޔަތްކުރުމަށް، އެގޮތަށް ހަދާފައިވާ އެއްޗެކެވެ. އެހެންކަމުން އެއެއްޗަކީ އެއްވެސްވަރަކަށް ކަމުދާއެއްޗެއްނޫނެވެ. އަޅުގަނޑު ބުނީމެވެ. ކޮންމެ ސަބަބަކަށްޓަކައި ޤާނޫނު އަސާސީ ހަދާފައިވީކަމުގައިވިޔަސް އަޅުގަނޑުމެން މިހާރު އަމަލުކުރަމުން މިދަނީ އެއެއްޗަކަށެވެ. އެހެންކަމުން އާ ޤާނޫނު އަސާސީއެއް އެކުލަވާލެވި އެއަށް އަމަލުކުރަން ފެށުމާއި ހަމަޔަށް އަޅުގަނޑުމެން މިހާރު ޤާނޫނު އަސާސީޔޭކިޔައިގެން މިއުޅޭ އެއްޗަކަށް ބޯލަނބަންވާނެތާއެވެ.
އޭނާބުންޏެވެ. ރައީސް މައުމޫނު ވެރިކަމުގައި ހުރިހާހިނދަކު އާ ޤާނޫނު އަސާސީއެއް އެކުލަވާލެއްވިޔަކަ ނުދެއްވާނެތެވެ. އެހެންކަމުން އެމަނިކުފާނު މިހާރު އިސްތިއުފާ ދެއްވަން ވެއްޖެއް ނޫންހެއްޔެވެ. އަޅުގަނޑު ބުނީމެވެ. އެމަނިކުފާނުގެ މި ދައުރުގައި އަދިވެސް ދެއަހަރެއްވަރު ބާކީ އެބައޮތެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވުމާއި ނުދެއްވުމަކީ އެމަނިކުފާނުގެ އިޚްތިޔާރުގައި ވާކަމެކެވެ. ޤާނޫނުއަސާސީއިން އެމަނިކުފާނަށް އެކަން މިވަގުތު ލާޒިމެއް ނުކުރެވެ. އެމަނިކުފާނު އިސްތިއުފާ ނުދެއްވިޔޭ ކިޔާފައި ސަރުކާރުގެ އިމާރާތްތަކަށް ގާއުކައި އެތަންތަނަށް ގެއްލުން ދިނުމުގެ ހައްޤެއް ރައްޔިތުންނަށް ލިބިގެނެއް ނުވެއެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުދެކެ ހިތްހަމަ ނުޖެހޭނަމަ އެމަނިކުފާނުގެ އިސްތިއުފާޔަށް ގޮވުމުގެ ހައްޤު އެމީހުންނަށް އެބައޮތެވެ. އެހެންނޭ ކިޔާފައ އެމީހުން ހިފާހައްޔަރު ކުރުމުގެ ހައްޤެއް ސަރުކާރަށްވެސް ލިބިގެންނެއް ނުވެއެވެ. ހަމައެޔާއެކު އަޅުގަނޑުމެން ހަނދާންނައްތާއިގެން ނުވާނެކަމެއްކަމަށް ބުނެ ވާހަކަޔެއް ބުނީމެވެ. އެއީ އިސްތިއުފާޔަށް އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކު ގޮވިޔަސް މިދައުރު ނިމެންދެން އިސްތިއުފާނުދެއްވައި ހުންނެވުމުގެ އިޚްތިޔާރު އެމަނިކުފާނަށް އޮތްވާހަކައެވެ.
އޭނާ ބުންޏެވެ. "ކަލޭތީ ދިވެހި ރައްޔިތުންގެ ޕާރޓީގެ މެންބަރެއްކަން މިހާރު މަށަށް ޔަޤީން ވެއްޖެއެވެ. ކުރިންވެސް މަށަށް އެހެން ހީވިއެވެ." އަޅުގަނޑަށް ހުއްޓުން އެރިއެވެ. ސަރުކާރުގެ އިމާރާތްތަކަށް ގާ ނުއުކާ، އަދި އެކަމަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ދިވެހި ރައްޔިތުންގެ ޕާރޓީގެ މެމްބަރަކަށް ވީތާއެވެ. އެހެންނަމަވެސް އެ ޕާޓީގެ އަސާސީޤަވާއިދުގައި ނުވަތަ ރާއްޖޭގެ ޤާނޫނު އަސާސީގައިވިޔަސް އެކަހަލަ ވާހަކައެއް ލިޔެފައިވާކަމެއް އަޅުގަނޑަށް އެނގިފައިނުވެއެވެ. ޚިޔާލަކީ ތަފާތު އެއްޗަކީތާއެވެ. ނޫންނަމަ އަޅުގަނޑަށް މާ ފަހަތުގައި އުޅެވެނީ ބާވައެވެ

 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved