Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

  At a Glance

 Constitution

 Government

 Foreign Policy

OPINION

 

ޤައުމު ބިނާކުރެވޭނީ ފިކުރީގޮތުން ފުރިހަމަ އިންސާނެއް ތަރުބިއްޔަތުކުރެވިގެން!

30/06/2005 | އިހާ / ސ.ފޭދޫ

ފިކުރަކީ ޝައްކެއްނެތް ގޮތުގައި ކޮންމެ ޙަޟާރަތެއް، ކޮންމެ ގައުމެއް، އަދި މުޖުތަމައެއް ކުރިއަރާ ދިޔުމުގެ އަސްލެވެ. އަދި އެއީ އެބަޔަކަށް ލިބިގެންވާާ އެންމެ މަތިވެރި އަދި އެންމެ އަގުހުރި ޚަޒާނާވެސްމެއެވެ. ތަނެއްގައި އުސް އިމާރާތްތަކާއި، ބޮޑެތި މަގުތަކާއި، ހޮސްޕިޓާތަކާއި، ކާރުޚާނަތައް ގުނާ ޢަދަދު ކުރެވުނު ކަމުގައި ވިޔަސް، އެތަނަކީ ނުވަތަ އެބަޔަކީ ފިކުރީ ގޮތުން ފަޤީރު ބައެއް ކަމުގައި ވަނީނަމަ އެއީ ނިކަމެތި ބައެކެވެ. ފަޤީރު ބައެކެވެ.
މުޖުތަމައުގައި ދޭދޭ ފަރުދުންގެ މެދުގައި ތަރައްޤީގެ ވާހަކަ ދެކެވޭއިރު އަބަދުވެސް ފާހަގަ ކުރަނީ އަތޮޅެއް ނުވަތަ ރަށެއްގެ ތަރައްޤީއަށްޓަކައި ކޮންމެވެސް ސިއްޙީމަރުކަޒެއް ނުވަތަ މިސްކިތެއް ނުވަތަ އޮފީހެއް އަޅުއްވާ ދެއްވި ވާހަކައެވެ. ކޮންމެވެސް ރަށެއްގެ ފަޅު ކޮނެދެއްވި ވާހަކައެވެ. އިންޖީނުގެއެއްގެ ވާހަކައެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ އަބަދުހެންމެ މި ދެކެވެނީ މަދަނީ ތަރައްޤީގެ ވާހަކައެވެ.
ޤައުމެއްގެ މަދަނީ ކުރިއެރުމަކީ އޭގެ ޒާތުގައި ކޮންމެ ވަގުތެއްގައިވެސް ނެތިގެން ހިނގައިދާނެ އެއްޗެކެވެ. ގުދުރަތީ ހާދިސާ އެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނުވަތަ އެގައުމެއްގައި ހިނގާ ދާޚިލީ ހަމަނުޖެހުމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މި ދެންނެވި ފަދަ ސަބަބެއް މެދުވެރި ވެގެން ނުވަތަ އެނޫންވެސް ސަބަކާއި ހުރެ ބައެއްގެ މަދަނިއްޔަތު ނެތިގެން ދާ ދިޔުން އެއީ އެބައެއްގެ ނިމުން ކަމުގައިވެސް ވެދާނެ އެވެ. ނަމަވެސް އެބަޔަކީ އެބައެއްގެ މެދުގައި ކުރިމަގުދައްކާނެ ފިކުރީ ނިޒާމެއް އޮތް ބަޔަކު ކަމުގައި ވަނީނަމަ، ކުރީގެ މަދަނީ ކުރިއެރުމަށް ވާޞިލު ވުމަށް ދަތިތަކެއް ކުރިމައްޗެއްނުވާނެއެވެ. އަދި މަދަނީގޮތުން އެފަދަ ހަރުފަތަކަށް ނުވަތަ އެއަށްވުރެ މަތީ ހަރުފަތަކަށް ވާޞިލުވުންވެސް އެއީ ދުރުގައި ވާކަމެއްނޫނެވެ. ވުމާއެކު އަޅުގަނޑުމެން ތަރައްޤީ އާއި ކުރިއެރުން މާނަ މި ކުރާ ގޮތް ބަދަލު ކުރަން އެބަޖެހެއެވެ. ތަރައްޤީ މިނާ މިންގަނޑުތައް ވެސް ބަދަލު ކުރަން އެބަޖެހެއެވެ.
ފިކުރު ނުވަތަ އައިޑިއަލޮޖީ އަކީ މި ޒަމާނުގައި ވަރަށް ގިނަ އެއްޗެކެވެ. އަޅުގަނޑުމެން މިކިޔާ ޑިމޮކްރަސީއާއި ކޮމިއުނިޒަމާއި ސޯޝަލިޒަމާއި ޑާރވިނިޒަމާއި ސެކިއުލަރިޒަމް މީ ހައްތާވެސް ފިކުރުތަކެވެ. ނުވަތަ އައިޑިއަލޮޖީ ތަކެވެ. އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ އަޅުގަނޑުމެން ވާންޖެހެނީ މިއިން ކޮން ފިކުރެއްގެ އަހުލުވެރިންނަށް ބާއެވެ. ގައުމުގެ ކުރިއެރުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަމަށް މަގުފަހިވާނެ ނިޒާމަކީ މިއިން ކޮން ނިޒާމެއްބާއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއިން ކޮންމެ ނިޒާމަކީ ނުވަތަ ފިކުރަކީ އޭގެ ޒާތުުގައި ފުރިހަމަ ނޫން އުނި އެއްޗެއްކަމެވެ. މިދެންނެވި ފަދަ ފިކުރުތަކުގެ ސަބަބުން މިޒަމާނުގައި ބަޔަކުވަނީ ދުނިޔެއަކީ އެބައިމީހުންގެ މިލްކެއް ކަމުގައި ދެކެންފަށާފައެވެ. ދުނިޔޭގައި އުޅޭނެ ގޮތަކަށް އުޅެންވީ ކަމަށާއި ހިތަށް އެރިހާކަމެއް ކުރަންވީކަމަށް ޤަބޫލުކުރެއެވެ. އެއީ އެމީހުންނަށް ލިބިގެންވާ އިލާހީ ޙައްޤެކަމުގައި ދެކެތެވެ. އަނެއްބަޔަކު ބުނާގޮތުންނަމަ އެބަޔަކު ވުޖޫދުގައި ތިބުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުން އެއީ އެބަޔެއްގެ ޙައްޤެކެވެ. އަނެއްބަޔަކު ވަނީ ޖަނަވާރުންގެ ދަށުދަރަޖައަށް އިންސާނާ ތިރިކޮށް ނިކަމެތި ކޮށްފައެވެ.
މިއިން އެއްވެސް ފިކުރަކީ އިންސާނާގެ ޠަބީޢަތާއި ގުޅޭ، އިންސާނުނަށް މަޞްލަޙަތު ހުރި ފިކުރުތަކެއް ނޫނެވެ. އެހެނީ މިފަދަ ކޮންމެ ފިކުރެއްވެސް ބިނާވެގެންވަނީ އިންސާނުންގެ ކޮށި ވިސްނުމާއި އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކާއި ބޭނުންތައް ފުއްދުމަށް ބޭނުންވާ މަގުތައް ތަނަވަސްކުރުމުގެ މައްޗަކަށެވެ.
އިންސާނުންގެ އެންމެހާ ކަންތައްތަކެއް ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނޭ މަގަކީ އިސްލާމް ދީނެވެ. އެއްކައުވަންތަ އިލާހުގެ ޤާނޫނެވެ. އިސްލާމީ ފިކުރު ނުވަތަ އައިޑިއޮލޮޖީ ބިނާވެގެންވަނީ އިންސާނާގެ އެންމެހާ މަޞްލަޙަތެއް ރައްކާކުރުމުގެ މައްޗަށެވެ. އަދި އެދީނާކީ އިންސާނާއަށް އިންސާނިއްޔަތު ދަސްކޮށްދެއްވި ފިޠުތަރުގެ ސާފު ސީދާ މަގެވެ. އިސްލާމް ދީން ފެށިގެން އައީ ބިނާކުރެވެނިވި އިންސާނެއް އުފެއްދުމުގެ މައްޗަށެވެ.
ުރީ ގޮތުންނާއި އަޚްލާޤީ ގޮތުން ފުރިހަމަ ކާއިނެއް އުފެއްދުމުގެ މައްޗަށެވެ. އިސްލާމް ދީނުގެ ފިކުރު ބިނާވެގެންވަނީ އެއްވެސް ޙާލެއްގައި ހަމައެކަނި ދިނުޔަވީ އެދުންތަކާއި މުދާވެރިކަމުގެ މައްޗަކަށް ނޫނެވެ.

ފިކުރީ ގޮތުންނާއި އަޚްލާޤީ ގޮތުން އަދި އިޖްތިމާޢީ ގޮތުން ފުރިހަމަ ކާއިނެއް ތައްޔާރުކުރުމުގެ މައްޗަށެވެ. އިސްލާމް ދީނުގެ ފިކުރު ބިނާވެގެންވަނީ އެއްވެސް ޙާލެއްގައި ހަމައެކަނި ދުނިޔަވީ އެދުންތަކާއި މުދާވެރިކަމުގެ މައްޗަކަށް ނޫނެވެ. އެންމެފުރަތަމަ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި އިންސާނުންގެ އިޖްތިމާޢީ އަދި ސިޔާސީ ނިޒާމާއި މަދަނީ ތަރައްޤިއާއި ކުރިއެރުން ބިނާކުރެވުނީ ފިކުރީގޮތުން ހަރުދަނާ ބިންގަލެއްގެ މަތީގައި ޤާއިމުކުރެވިފައިވާ ފުރިހަމަ އިންސާނެއްގެ އެހީގައެވެ.
ވުމާއި އެކު އަޅުގަނޑުމެން އަޒުމުކަނޑައަޅަންވީ، ޒަމާނުއްސުރެން އަޅުގަނޑުމެން އެދީނެއްގެ މަތީގައި ދެމިތިބި އިސްލާމް ދީނުގެ ހަރުދަނާ އުޞޫލުތަކަށް ރައްކާތެރިވެ، އެދީން މަތީގައި ދެމިތިބުމަށެވެ. އަޅުގަނޑުމެން ޤައުމާއި ވަޠަނަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ސިޔާސީ ތަރައްޤީ ގެންނަންޖެހޭނީ އިސްލާމްދީނުގެ ފިކުރުގެ މައްޗަށް ބިނާކުރެވިގެންނެވެ. ދުނިޔަވީ ކަންތައްތައް ރާވާ ހިންގުމުގައި، ދީން އެކަހެރިކުރުމުގެ ސިޔާސަތަކީ އަޅުގަނޑުމެން ޤަބޫލުކޮށެގެންވާނެ ފިކުރެއް ނޫނެވެ. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us