07/12/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ އެއްވެސް މެމްބަރަކީ އެމަޖިލީހުގައި ވަކި ޕާރޓީއެއް ތަމްސީލުކުރައްވާ ބޭފުޅެއްކަމަށް ދަޢްވާކުރުމަކީ ޤާނޫނީގޮތުން ބާޠިލުދަޢްވާއެއް!
އިލްޔާސް އިބްރާހިމް އެމް.ޑީ.ޕީގެ ބޮޑުބޭބެއަށްވެއްޖެ!

12/07/2005 | ރަފީޤު/ ލ.އަތޮޅުން

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކީ ވަކި ސިޔާސީ ޕާރޓީއެއްގެ ބޭފުޅެއްކަމަށާއި، މިވެނި ބޭފުޅަކު މިޖިލީހުގައި ދައްކަވާ ވާހަކައެއް ދައްކަވަނީ މިވެނި ޕާރޓީއަކުން ކަމަށްބުނެ، ހަމައެކަނި ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާރޓީކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކުރާ ދަޢްވާތަކަކީ ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެމަތީން ބާޠިލު ދަޢްވާތަކެކެވެ.
ރާއްޖޭގެ ޤާނޫނުއަސާސީގައި ނަންގަނެފައިވާ ގޮތުގެމަތީން އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކީ ވަކި ޕާރޓީއެއް ތަމްސީލު ކުރުމުގެ ނަމުގައި އިންތިޚާބުކުރެވިފައިވާ މެމްބަރެއް ނޫނެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް ވޯޓުލީ ރައްޔިތުން އެމީހުންނަށް ވޯޓުލާފައިވަނީ އެއްވެސް ޙާލެއްގައި ވަކިޕާރޓީއަކާއި ޕާރލަމެންޓުގެ ގޮނޑިއެެއް ޙަވާލުކުރުމުގެ މަޤްޞަދުގައި ނޫންކަން ހަނދާންކުރަން ޖެހެއެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާފައިވާ މާލިއްޔަތާއިބެހޭ ބިލާއިމެދު ކުރެވުނު ބަޙުސްގައި ލ.އަތޮޅުގެ ޢިއްޒަތްތެރި މެމްބަރު އިލްޔާސް އިބްރާހިމް އެމަޖިލީހުގައި އެމް.ޑީ.ޕީގެ ސިޔާސަތަށް ތާޢީދުކުރައްވައިފިކަމަށް އެމް.ޑީ.ޕީގެ ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ ޤާނޫނީ ޝަޚްޞިއްޔަތު އެމް.ޑީ.ޕީ އަށް ނޭނގިކަމަށްވެސް ވެދާނެއެވެ. ނުވަތަ މިބާވަތުގެ ކަންކަމަކީ އެމް.ޑީ.ޕީން ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބާރު ކަނޑުވާލުމުގެ މަޤްޞަދުގައި ހިންގާ ޢަމަލުތަކަކަށްވެސް ވެދާނެއެވެ.
އެމް.ޑީ.ޕީގެ މިބާވަތުގެ ޢަމަލުތަކުން އެމް.ޑީ.ޕީގެ ދޯދިޔާ އަދި ދެފުށް ދެގޮތް ސިޔާސަތުވެސް ހާމަވެގެން ދެއެވެ. އިލްޔާސް އިބްރާހިމަކީ މައުމޫނުގެ މިވެރިކަމުގައި ދައުލަތުގެ ފައިސާ ވަގަށްނެގިކަމަށް ބުނެވިފައިވާ މީހެއްކަމަށް އެމް.ޑީ.ޕީން ކިޔަމުން އައިސް، ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލު މެމްބަރަކު މަޖިލީހުގައި ބަހުސްކުރެވުނު ބިލަށް ހުށެހެޅުއްވި ޚިޔާލަކަށް އިލްޔާސް އިބްރާހިމް ތާއީދު ކުރެއްވުމުން، އެކަމަކީ އިލްޔާސް އިބްރާހިމް އެމް.ޑީ.ޕީގެ ސިޔާސަތަށް ކުރެއްވި ތާއީދެއްކަމަށްބުނެ، ފަލަ ސުރުޚީތަކުގައި ލިޔެގެން ހާމަކުރިކަމީ އެމް.ޑީ.ޕީގެ ސިޔާސަތުގެ ދެފުށް ދެގޮތްކަން ސާބިތުވެގެންދިޔަ ކަމެކެވެ.
ކުރީން ދައުލަތުގެ ބަޖެޓުން ފައިސާ ވަގަށްނެގި އިލްޔާސް އިބްރާހިމް ކަމުދިޔައީ ކިބިގަސްދޮށުގޭ މައުމޫނަށެވެ. މިފަހަރު ހަމަ އެ އިލްޔާސް އިބްރާހިމް ކަމުގޮސްގެން މިއުޅެނީ އޭނާއަށް ވަގަށްގޮވާ އެމް.ޑީ.ޕީއަށެވެ. މިވީގޮތުން، ހެވިއްޔާ ބޮޑުބޭބެވަނީ މައުމޫނަށް އެކަނި ނޫންކަންވެސް އެގިއްޖެއެވެ.
ވީމާ، ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައި އޮތް ހަމައެކަނި ސިޔާސީ ޕާރޓީ އެމް.ޑީ.ޕީއަށާއި، ސިޔާސީ ޕާރޓީއަކަށް ވުމަށް މަސައްކަތް ކުރަމުންދާ ޕާރޓީތަކަށް، ރައްޔިތުންގެ މަޖިލިސްގެ އެއްވެސް މެމްބަރަކު، އެމަޖިީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދައްކަވާ ވާހަކަތައް، ވަކި ޕާރޓީއަކަށް ނިސްބަތްކޮށް ވާހަކަ ފެތުރުމަކީ ޤާނޫނީ ގޮތުން ބާޠިލު ޢަމަލެއްކަން ހަނދާންކޮށްދެމެވެ. އަދި މިބާވަތުގެ ޢަމަލުތަކަކީ ޤާނޫނަށް ކުރެވޭ އިހާނާތެއްކަންވެސް އެފަދަ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us