|
މިނިވަންދުވަހުގެ ޙާލުގެ ދުލުން
26/07/2005 |
އަލްމަރްޙޫމް މުޙަންމަދް ޖަމީލް
" އެބައެއްގެ
މިނިވަންކަމަށްވުރެން އެބައެއްގެ ގާތުގައި އަގުހުރި އެއްވެސް
ކަމެއް ނޯންނާނެކަން ކަށަވަރެވެ. ގެއްލިގެން ހިނގައްޖެ ހިނދަކު
އަލުން އަނބުރައި ގެނައުމަށްޓަކައި ތިމާމެންގެ ޖާނާއި މާލު
ހޭދަކުރެވެއެވެ. ތިމާމެންގެ ލޭ އޮހޮރުވައިގެންވެސް އެކަން
އޮބަހެއްޓުމަށްޓަކައި ތައްޔާރަށް ތިބެވެއެވެ.
މިކުޑަކުޑަ ދިވެހިރާއްޖެއިންވެސް އެކަމުގެ ހެކިތައް އޮތީ
ފެނިފައެވެ. ވިލާތުގެ ބާރުގަދަ ބަޔަކު އައިސް މިނިވަންކަމަށް
އަތްލައި، އަތުލައިގަތުމުން ވީގޮތް ތާރީޚު ދައްކާފައި ވެއެވެ.
ގެއްލޭ މިނިވަންކަން އަނބުރައި ގެނެސްގަތުމަށްޓަކައި ކުރާ
ޖިހާދާއި ހޯދާ ނަޞްރެއް ފަހަރަކަށްވުރެން ގިނަފަހަރަށް ފެނިފައި
ވެއެވެ. މިކަމުގައި ޕޯޗްގީޒުންގެ ނަން ފާހަގަކުރެވެއެވެ. އަދި
އަޅުގަނޑު ދެކޭގޮތުގައި އިނގިރޭސިންގެނަންވެސް ފާހަގަ
ކުރެވެއެވެ.
އެކި މީހުން އެކި މިންވަރަށް ދިވެހީންގެ މިނިވަންކަމާއި
ކުޅުނެވެ. އެކަން ދިވެހީން ހަނދާނެއް ނުނެތޭނެއެވެ. ދިވެހީންގެ
ހިތްތަކުން އެކަން ފުހެވިގެނެއް ނުދާނެއެވެ.
ތެދެކެވެ. ދިވެހީނެގެ މިނިވަންކަމާއި ބަޔަކު ކުޅުނެވެ. އަދިވެސް
ނުކުޅޭނެކަމެއް ނޭނގެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް
ވަތަކުތޯ ޖެހެނީ ދިވެހީންނެއް ނޫނެވެ. ފުރައްދެވެހީންނެވެ.
ދިވެހީންނަށް ލިބިފައި އޮންނަނީ ނަޞްރެވެ.
ދިވެހި ޤައުމަށް އަލަށް އުފެދި ބޮޑުވަމުން އަންނަ ޒުވާނުން މި
ޙަޤީޤަތް ހަނދާން ކުރަންވާނެއެވެ. މިނިވަންކަމުގެ މުޑުވައް އޮތީ
"މަތިވެރިވި ދިވެހި އަޖުދާދުން" އިންދަވާފައެވެ. އެމުޑުވަކުން
ފެޅި ގަސްތައް ތާޒާކަމާއިއެކު ހެދެމުން ދާށިއެވެ! މޯޅިވުމެއް
ވަޅޯވުމެއްނެތި ހެދެމުން ދާށިއެވެ!
ދިވެހި ކާބަފައިން ކުރެއްވި ޖިހާދާއި ކުރެއްވި
މިންނެތްމަސައްކަތާއެކު ދިވެހީންނާއި ދިވެހި ވަޠަނަށް މިހާރު
މިއޮތީ މިނިވަން އައްސޭރިއަކަށް ދެވިފައެވެ."
ނިމުނީ!
|