08 January 2007

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

2006 ވަނަ އަހަރުގެ ސިޔާސީ ޝަޚްޞިއްޔަތު
09/01/2007 | ދިޕޮލިޓިކްސް
މައުމޫނު ޢަބްދުލް ޤައްޔޫމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މި ލަޤަބު ދިނުން ޙައްޤު ބޭފުޅެކެވެ. 1977 އިން ފެށިގެން މިއަދާހަމައަށް ދިވެހި ޖުމްހޫރިއްޔާގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައި، މިދިޔަ 2006 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ސާރުކާރަށް ކުރިމަތިވި ސިޔާސީ އިދިކޮޅު ހުދެމާއި ގޮންޖެހުންތަކާ ކުރިމަތިލައްވާ، އެކަމުން ސަލާމަތްވެ، ރޭވުންތެރިކަމާއިއެކު 2007 ވަނައަހަރުގެ ތެރެއަށް ތިޔާގި ބެޖެޓަކާއިއެކު، ޤައުމައިގެން ކުރިއަށް އޭނާ އަޅުއްވާފައި މިވާ ފިޔަވަޅަކީ، މިމަޤާމު އޭނާއަށް ދިނުން ޙައްޤު މައިގަނޑު ސަބަބެވެ.


ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، މަލްޓި ޕާރޓީ ޕޮލިޓިކްސްއާއި އެކު، މެދެކެނޑުމެއްނެތި ރައީސް މައުމޫނުގެ ސަރުކާރަށް ވަނީ، ތަފާތު އެކިގޮތްގޮތުން ސިޔާސީ ގޮންޖެހުންތައް ކުރިމަތިވެ، ސީދާ އޭނާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލެވި، ސަރުކާރު ވައްޓާލުމުގެ މަސައްކަތްތައްވެސް ހިނގާ ގޮސް، އެކަންތައްތައް ފޭލިވެ، ތާރީޚުގެތެރެއަށް ގޮސްފައެވެ. ގަދަބާރުން އޭނާ ވެރިކަމުން ދުރުކުރުމަށް ކުރެވުނު މަސައްކަތްތަށްވެސް، މިދިޔަ 2006 ވަނަ އަހަރުގެ ނިޔަލަށް ރައީސް މައުމޫނު ވަނީ ފުރިހަމަ ހުއްޓުވުމަކަށް ގެނުވާ، އިދިކޮޅު ޕާރޓީ، އޭނާގެ މޭޒަށް ޞުލްޙަވެރިކަމާއިއެކު ޙާޟިރު ކުރައްވާފައެވެ.


މައުމޫނު ޢަބްދުލް ޤައްޔޫމް ޕާރޓީ ސިސްޓަމާ ކުރިމަތިލެއްވީވެސް އޭނާގެ ޤިޔާދަތާއި ރޭވުންތެރި ސިޔާސަތުގެ ދަށުން، ސިޔާސީ ޕާރޓީއެއް އުފައްދަވައިގެންނެވެ. އިދިކޮޅު ޕާރޓީއަށްވުރެ ފަހުން އޭނާގެ ޕާރޓީ ވުޖޫޖަށް އަޔަސް، އަދި ތަނުގެ ދުސްތޫރީ ނިޒާމު ކޮންމެގޮތަކަށް އޮތަސް، ބޭރުފުށުގެ ފެނުމަށާއި، ސިޔާސީ މައިދާނުގެ އެތެރޭގެ ޙަޤީޤަތްތަކަށް ބަލާއިރު މިހާރު ވެރިކަންކުރާ ޕާރޓީއަކީވެސް އޭނާގެ ޕާރޓީ ކަން ޤަބޫލުކުރަންޖެހެއެވެ.


ޤައުމުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ފިކުރާއިއެކު، މައުމޫނުގެ ވެރިކަން ބަދަލުކުރުމުގެ ފިކުރަކީވެސް ފެތުރިފަވާ ފިކުރެއްކަން ޤަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް، ތަޢްލީމީ ޒުވާނުން އޭނާގެ ސަރކާރުގެ ކުރީ ސަފަށް ނެރުއްވައިގެން، އުފެދިފައިވާ އިދިކޮޅު ޙަރަކާތާއި ކުރިމަތިލައްވާ، ޚުދު މައުމޫނާއި އޭނާގެ ޕާރޓީއާއި ސަރުކާރަކީވެސް ޑިމޮކްރަސީއާއި އިޞްލާހަށް މަސައްކަތްކުރާ ޖަމާޢަތެއްކަން ތަފާތު އެކި ސިފަސިފައިގާ ދައްކަވާ، ރައްޔިތުންގެ ވިސްނުމާއި ފިކުރުގައިވެސް، އޭނާ ބޭނުންފުޅުވާ ޒާތުގެ ކުލަތަކެއް ޖައްސަވައިފިކަން ރާއްޖޭގެ އަދުގެ ސިޔާސީ މައިދާނުން އެއޮތީ ސާބިތުވާސެވެ.


މަގުމައްޗަށް ނުކުމެ ރުޅިވެރިކަމާއިއެކު ބާރަށް ހަޅޭލަވާ، ހަޑިހުތުރު ބަހުރުވައިން އިދިކޮޅު ޙަރަކާތަށް ޖަވާބުދެއްވުމަކީ މައުމޫނުގެ ސިޔާސަތެއް ނޫނެވެ. ސިޔާސީ ޙީލަތާއި އުކުޅުތައް ބޭނުންކުރައްވައިގެން އޭނާއެވަނީ މިއަދު ރާއްޖޭގައި އުފެދުނު އިދިކޮޅު ޕާރޓީ އެމް.ޑީ.ޕީ ބިމާއި ހަމައަށް ތިރިކުރައްވާ، މަޑުމަޑުން ޕާރޓީ ރޭހުގެ ކުރި ހޯއްދަވާފައެވެ.
އެންމެފަހުން އިއްޔެ ރޭ، 2007 ވަނަ އަހަރު އޭނާގެ ޕާޓީން ބޭއްވި ފުރަތަމަ ޢަންމު ބައްދަލުވުމުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ޖެހޭނެ ކަމަށާއި، އެކަމަކީ އޭނާގެ ޕާރޓީއަށް ނުވާވަރު ކަމެއް ނޫންކަމަށް ވިދާޅުވެ، އަދިވެސް އޭނާއަކީ ސާބިތުކަމާއި ޔަޤީންކަމާއިއެކު ޤައުމުގެ ސިޔާސީ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި ބޭފުޅެއްކަން އެވަނީ ސާބިތުކޮށްދެއްވާފައެވެ.


މައުމޫނަކީ ޑިކްޓޭޓަރަކަށްވިޔަސް، އަދި ރަސްކަލަކަށްވިޔަސް، 2006 ވަނައަހަރު ރާއްޖެއިން ފެނިގެން މިދިޔަ ސިޔާސީ ލީޑަރުންގެ ތެރެއިން އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ޝަޚްޞިއްޔަތަކީ އޭނާކަމަށް އިންކާރުކުރާނެ ދިވެއްސަކު ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ރުހުނަސް ނުރުހުނަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ.
ރައީސް މައުމޫނުގެ ސަރުކާރުން އޭނާ ސިފަކުރައްވަނީ "އުފެދުމާއި ޠަބީޢަތުގައިވެސް ރައްޔިތުންގެ މީހެއްކަމަށެވެ. އަދި ބިނާކުރެވެނިވި ވިސްނުމެއްގެ ވެރިއެއް" ކަމަށްވެސް މެއެވެ.   ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved