06/18/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

LETTERS TO  THE EDITOR

 

ބަލަ އަހަރުމެންނަށް މި ވަދެވުނީ ހަތަރު އަނގޮޅިއަކަށްތަ؟
18/06/2005 | އިބްރާހިމް/ ޏ. ފުވައްމުލައް
27 އަހަރު ވެގެން ދިޔައިރު މިތަން ހިންގީ ޖެހޭ ވަޔަށް ކަން ނާގާ ރާޅަށް ކަން ނޭނގި ތިއްބާ ކުއްލިއަކަށް އަރައިގެން އައި ސުނާމީއެއްހެން ސިޔާސީ ޕާރޓީ ތަކެއް އުފެދި އާންމުންނަށް ދާނެ ނުދާނެ ދިމާލެއް ނޭނގި އެތިބީ ހަތަރު އަނގޮޅިއެއްގެ މެދަށް ވައްދާ ވާނުވާ ނުފިލާފައެވެ.
މިހެން ބުނީމަ އަހަރެންނަށް ވާނުވާ ނޭނގޭހެން ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ފާޑުފާޑުގެ ޖަލްސާތަކާ މަޖައްލާތަކާ ވެބްސައިޓުތައް ބޭނުންކޮށްގެން ކުއްލިއަކަށް މިދައްކަންފެށި ވާހަކަތަކުން ހަމަ ހިލާ އެއްކަމެއްވެސް ނޭނގުނެވެ.
މަވެސް ދުއްވައިގަތީ އެންމެ ގިނައިން މީހުން އެއްވާ ދިމާލަކަށެވެ. އެތާ ތިބީ އެއްބަޔަކު ވެރިކަން ހިންގާނެ ގޮތުގެ ވާހަކަ ދައްކާށެވެ. އެމީހުން ބުނަނީ އިސްލާހުކުރާ ވާހަކައެވެ. ކޮންމެވެސް ތިން ބާރެއް ވަކި ކުރާ ވާހަކައެވެ. މަށަކަށް ހަމަ އެކައްޗެއްވެސް ވިސްނޭވަރެއް ނުވިއެވެ. އެކަމަކު އެއްވެތިބި އެހެން މީހުން އަތް ޖަހައިގަތީމަ މަވެސް ޖަހައިގަންނަނީއެވެ. ދެން ހަމަ އެގޮތަށް މީހުން އެއްވާ އެކި ތަންތަނަށް ގޮސް ވާނުވާ ބަލަމުން މިދަނީއެވެ. ކޮންމެ ތާކުވެސް އަޑު އުފުލާ ވާހަކަ ދައްކަން މިތިބެނީ މުޅިން އާު ވައްތަރެއްގެ ބައެކެވެ. ހީވާ ގޮތުން އެންމެ ގަބޫލުކުރަން ފަސޭހަ ވާހަކަތައް ދެއްކީ ދީނީ މީހުންގެ އެއްވުމުގައެވެ. އެތަނުންވެސް ޑރ.މަޖީދުގެ ވާހަކައިގާ ތެދުވެރިގޮތެއް ހުރިހެން ހީވިއެވެ.
މިވާހަކަ މިގޮތަށް ކިޔައިދޭން ލަދުވެސް ގަނެއެވެ. އެކަމަކު ނޭނގެންޏާ އެވާހަކަ ބުނުމަކީ މައްސަލައެއް ނޫނެވެ. އަހަރެންގެ އުމުރުން އަދި މިވީ 26 އަހަރު ދުވަހުގެ ތެރޭގައި އަލަށް މިކަހަލަ ކަންތައްތަކެއް ފެނުނީމާ ލައްކަ ހައިރާން ވެއްޖެއެވެ. މިހާރު މިހިތައް އަރަނީ މި ބަހާ ފޯމުކަތުން ފުރަންވީ ކޮން ފޯމެއްތޯއެވެ. ގިނަ ރައްޓެހިން ދެކޭގޮތުގައި އެނެމް ރަނގަޅުވާނީ އެމް.ޑީ.ޕީގެ ފޯމު ފުރިއްޔާއެވެ. އަސްލުގަ ވާގޮތަކީ އަހަންނަކީ އެހާވަރަށް މިނިވަންކަން ނެތިގެން އުޅޭ މީހަކަށް ނުވާތީ ކޮންމެހެން އެމް.ޑީ.ޕީން ކިޔާއެއްޗެއްވެސް ވަކި މުހިއްމެއް ނޫނެވެ.
އަހަރެން މަސައްކަތް ނިންމާފަ ފޫހި ފިލުވަން މިކުރާ ކަމަކީ މިބުނާ ތަންތަނަށް ގޮަސް އެތާ ރައްޓެހިންނާއެކު ބައިވެރިވެލާ، ހަމަ ވާނުވާ ބަލަނީއެވެ. ދެން ދަނީ 'ފައިބާ' އޭ މިކިޔާ އޮބްޒާވަރު ބެލޭތޯއެވެ. އެހާ މަޖާ ވާހަކަ ހުންނަ ދިވެހި ސައިޓެއް ދުވަހަކުވެސް ނުދެކެމެވެ. އެނެމް މަޖާވަނީ ކާރޓޫނެވެ. މި ސައިޓު ބަލަމުންގޮސް އެހެން ސައިޓުތައްވެސް ބަލާލަމެވެ. އެދެން އެހާ ސީރިއަސް އެއްޗެއް ކަމަކަށް ނުފެނެއެވެ. ފެކްޓް މޯލްޑިވްސްއަކީވެސް ވަރަށް ކާރޓޫނުހަދަން ފައްކާ ސައިޓެކެވެ. ކޮންމެއަކަސް މި ސައިޓުތައް ކިޔާލީމަ ކޮންމެވެސް ޒާތީ ކަންތައްގަނޑެއް ފެންމަތިވެގެން އުޅޭ ފާޑު ޖަހައެވެ. އެ ފެކްޓުގައި އިންނަ އަނެއް ލިންކަކީ ދަ މޯލްޑިވިއަން ކިޔާ އެއްޗަކާ ދިޕޮލިޓިކްސް ކިޔާ ދެ ސައިޓެކެވެ. ވާހަކަތަކަށް ބަލާއިރު އެންމެ ހަމަޖެހޭ ވާހަކަ މަގޭ ނަޒަރުގައި ހުރީ އެ ދިޕޮލިޓިކްސް ގައެވެ. އަނެއް ދަ މޯލްޑިވިއަންވެސް ހުންނަނީ ވަކިވައްތަރަކަށް ބަޔަކާ ދިމާކުރާ އުސޫލެވެ.
އަހަރެން މި ސިޓީ މިލިޔަނީ ތި ސައިޓުން މި ބަހާ ޕާރޓީ ފޯމު ފުރުމުގަ ބަލަންވީ މިންގަނޑު ތަކަކީ ކޮބައިތޯ އެހުމުގެ ބޭނުމުގައެވެ. ދެން އޮތީކުޑަ އެދުމެކެވެ. އެއީ އަހަރުމެންނަށް މިކަނަތައްގަނޑު ފިލާވަރަށް ނުކިޔެވި ތިއްބަސް ކަލޭމެން މި ވާނުވާ އޮޅުވާ ނުލާ އަހަރުމެނަށް ފޯރުކޮށް ދޭނެ ކަމަށް ހީކުރަމެވެ.  - ޝުކުރިއްޔާ -


ނޯޓް : މި ސިޓީގައި ލަފާއަކަށް އެދިފައިވާތީ، ޑީ.ޕީގެ ނަޒަރުގައި ސިޔާސީ ޕާރޓީއަކާއި ގުޅުމުގައި ބަލަންވީ މިންގަނޑުތަކަކީ ކޮބައިކަން ، ލަސް ނޫން ފުރުސަތެއްގައި މި ވެބްސައިޓުގައި ޕަބްލިޝް ކުރާނެ ވާހަކަ ދެންނެވީމެވެ. -އެޑިޓަރ-
 

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us