31 January 2007

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ޕާޓީތަކުގެ ސިޔާސީ އަދި ގާނޫނީ ހޭލުންތެރިކަން ހުރި މިންވަރު!
31/01/2007 | އީމެއިލް

ސިޔާސީ ހޭލުންތެރިކަން ނެތުމުގެ ދާއިރާއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެތައް އުސްމިން ތަކެއް ހާސިލުކޮށްފިއެވެ. ގާނޫނީގެ އިމުގެ ތެރެއިން އުފަންވެގެން އުޅޭ ސިޔާސީ ޕާޓީއެއް ބޭރުގެ ގައުމުތަކަށް ގޮސް ފާޅުގައި ސަރުކާރުގެ އަގުވައްޓާލަން ނޫސް ކޮންފެރަންސް ބޭއްވުމަކީ މިފަދަ މިސާލެކެވެ. މިޒާތަށް މަސައްކަތްކުރާ މީހުންނަށް ކިޔާއުޅެނީ "ޑިސިޑެންޓްސް" އެވެ. މިކަހަލަ މީހުންނަކީ އެގައުމުގެ ސިޔާސީ މަސްރަހުން ޖާގަ ނުލިބިގެން ނުވަތަ ޖާގައެއް ހޯދަން ބޭނުން ނުވާ މީހުންނެވެ. އެހެންވީމާ ޑިސިޑެންނާ، "އިދިކޮޅު" ޕާޓީއާ ހުރި ތަފާތު މިވެރީންނަށް ބުނެދިނުމަކީ މުހިއްމުކަމެވެ. އިދިކޮޅު ޕާޓީއަކުން އެހެން ގައުމަކަށް ޒިޔާރަތް ކުރަނީ އެމީހުންގެ ގައުމު ތަމްސީލުކުރުމަށެވެ. ޕާޓީގެ ސިޔާސަތު ސަރުކާރާ ތަފާތު ވުމަކީ އެހެންމަސައްލައެވެ.

ދެވަނަ މިސާލަކީ އިލެކްޝަން ކޮމިޝަނުން 2008 އިންތިޚާބުގައި އައު އައި.ޑީ.ކާޑު ނެތްފަރާތްތަކަށް ވޯޓު ނުދެވޭގޮތަށް ހަމަޖެއްސުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ނުރުހުން ފާޅުކޮށް ނެރުނު ނޫސް ބަޔާނެވެ. އިލެކްޝަން ކޮމިޝަނަށް ރައްދު ދިނުމަށް މިދެންނެވި ސިޔާސީ ޕާޓީއިން ނެރުނު ބަޔާން ބުނާގޮތުން ގާނޫނު އަސާސީގެ މިވެނި މާއްދާއެއްގައިވާ ގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ( ބައެއް ޝަރުތު ހަމަވާ) ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ.

އަދި ގާނޫނު އަސާސީގައި އައިޑީކާޑު އޮތުމަކީ ޝަރުތެއް ކަމަށް ބަޔާންކުރައްވާފައި ނުވެއެވެ. އަދި  އައު އައިޑީނެތް މީހުންނަށް ވޯޓު "ނުދެވޭނެ" ކަމަށް ހަމަޖައްސުމަކީ ރައްޔިތުންގެ ހައްގުތައް ވަރަށް ހީލަތްތެރިކޮށް ނިގުޅައިގަތުން މިސިޔާސީ ޕާޓީން ދެކެއެވެ.

މި މަސައްކަތް ދިރާސާކޮށްލުމުން ހީވަނީ ޖުމްލަތަކުގައި ހުންނަ ބަސްތަކަށް ބެލުމަށްފަހު ސިޔާސީ ޕާޓީތަކަށް ވަރަށް ގަދަ ޖޯޝެއް އަންނަ ގޮތްވަނީ ހެންނެވެ. އިލެކްޝަން ކަމިޝަނުން ނެރުނު ބަޔާނުގައި "ވޯޓު ނުދެވޭނެ" މިހެން އޮތުމުން މައްސަލައެއް އުފަންވީއެވެ. އެއީ ގާނޫނު އަސާސީގައި "ވޯޓު ދިނުމުގެ ހައްގު ލިބިގެން ވެއެވެ" އޮވެފައި އިލެކްޝަން ކަމިޝަނުން ނެރުނު ބަޔާނުގައި "ވޯޓު ނުދެވޭނެ" އޭ އޮތުމުން ވަގުތުން "ރައްޔިތުންގެ ހައްގު ނިގުޅައި ގަންނަނީ" އޭ ނުވަތަ "ގާނޫނީ ބާރު ކަނޑުވާލަން އުޅެނީ" އޭ ލިޔެފައި ބަޔާނެއް ނެރުނީއެވެ. ސިޔާސީ ޕާޓީތަކުގެ ވިސްނުން މި ފެންވަރުގައި ހުރެގެން ގައުމު ބިނާކުރެވޭނެ ގާބިލުކަން މި ޕާޓީތަކުގައި އެބަހުރި ބާވައެވެ؟

ގާނޫނު އަސާސީގެ ކޮންމެވެސް މާއްދާއެއްގައި "...ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ..." މިހެން އޮތަސް ވޯޓުލެވޭނެ ދުވަސްތަކާއި، ވޯޓުލެވޭނެ ގަޑިތަކާއި، ވޯޓުލާންދާންވީ ތަންތަން ކޮންމެވެސް އިދާރާއަކުން ނިންމަން ޖެހެއެވެ. މިސާލަކަށް މިވެނި އިންތިޚާބަކަށް ވޯޓުލަށް ވަކި ދުވަސްތަކެއް ހަމަޖެއްސުމުގެ ނުސީދާ މާނައަކީ އެދުވަސްތައް ފިޔަވައި އެހެން ތާރީޚެއްގައި ވޯޓު "ނުދެވޭނެ" ވާހަކައެވެ. އެހެންވީމާ ގާނޫނު އަސާސީގައި "ވޯޓު ދިނުމުގެ ހައްގުލިބިގެންވެއެވެ" އޭ އޮތަސް ވަކި ދުވަސްތަކެއްގައި، ވަކިގަޑިތަކެއްގައި ވަކި ތަންތަނަށް ގޮސްގެން މެނުވީ ވޯޓު " ނުދެވޭނެއެވެ." އަދި ހަމަ މިބީދައިން ކިތަންމެ ގޮތްތައް(ނުވަތަ އުސްލޫބު) ހުންނަ އިރު ހަމަ އެކަނި ކަރުދާސް ކޮޅެއްގައި ކުޑަ ކާފު ޖަހައިގެން ވޯޓުދެވޭގޮތަށް ހަމަޖެއްސުމުން ނިކުންނަ ނުސީދާ މާނައަކީ ކަރުދާސް ކޮޅެއްގައި ކުޑަ ކާފެއް ޖަހައިގެން މެނުވީ "ވޯޓެއް ނުދެވޭނެއެވެ." ނުވަތަ ވޯޓު ކަރުދާހުގައި ކުލަޖައްސައިގެން ވޯޓެއް "ނުދެވޭނެއެވެ.

އެހެން ވީމާ ގާނޫނު އަސާސީގައި މީހުންނަށް ކަމެއް ކުރުމުގެ ހައްގު ލިބޭ ވާހަކަ އޮތަސް އެ ހައްގު ހޯދައި ދިނުމަށް ވަކި ގަވާއިދުތަކެއް ހުރެއެވެ. އިންތިޚާބުގެ ބައެއް ޓެކްނިކަލް މަސައްކަތް އޮމާންކަމާއި އެކީ ކުރިއަށް ދިއުމަށް އަލަށް ހެދޭ އައިޑީކާޑުގެ ބައެއް ސިފަތައް (ޓެކްނިކަލް) ބޭނުން ކުރެވޭނަމަ، މި އައިޑީކާޑު ނެތި، ވޯޓުނުދެވޭ ގޮތަށް ހަމަޖެއްސުމަކުން މައްސަލައެއްނެތެވެ. އެއީ ޕާސްޕޯޓު ނުވަތަ ލައިސަންސްގައި އެފަދަ ޓެކްނިކަލް ސިފަތަކެއް ނުހުންނާތީ އެވެ. އެކަމަކު ހަމަ އެކަނި އައިޑީކާޑު އޮވެގެން ވޯޓު ދެވޭގޮތް ހަމަޖެއްސުމަކީ އެންމެ ފުރިހަމަ ގަވާޢިދަށް ނުވެ ހިނގައި ދާނެއެވެ. ސިޔާސީ ހަލަބޮލިކަމެއްނެތްގައުމެއްގައި އިންޓަރނެޓް ނުވަތަ އެސް.އެމް.އެސް ބޭނޫން ކޮށްގެންވެސް ވޯޓުދެވޭ ގޮތަށް ހަމަޖެއްސިދާނެއެވެ.

ދެން އޮތީ ސަރުކާރުން މުއްދަތު ހަމަނުވާ އައިޑީ ކާޑު ބާތިލު ކުރުމަށް ފަހު އައު އައިޑީ ކާޑު ހައްދަން މަޖުބޫރު ކުރާ މައްސަލައެވެ. މިއީ އިދާރީ ހިންގުންތެރިކަމުގެ ދޯދިޔާކަމެވެ. ނުވަތަ ގިނަގިނައިން ލާރި ހޯދަން ޖަހާ މަޅިއަކަށް ވެދާނެއެވެ. ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބޭ ހައްގެއް ނިގުޅައިގަތުމަކީ ތަފާތު އެހެން މައްސަލައެވެ. ސިޔަސީ ޕާޓީތަކުން މިދެ ކަންތައް ދަސްކުރުމަކީ މުހިއްމު ކަމެކެވެ.   ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved