|
ބިސްމި
ކިޔާފައި އޫރު ކަތިލުން
17/04/2007
|
ޝައިބާނީ
އިސްލާމް ދީނުގެ ޙުކުމްތައް ނޭނގޭ މީހަކަށް އެ ޙުކުމްތައް
އޮޅުންފިލުވައިދެވޭނީ އޭނާ ފުރަތަމަ އިސްލާމް ދީނަކީ އިންސާނުން
އުޅެން އޮތް އެންމެ ޞައްޙަ ދީން ކަމަށް ގަބޫލު ކުރާނަމައެވެ.
އިހަކަށް ދުވަހު ދީނަށް ފުރައްސާރަކޮށް ލިޔުނު މަޒުމޫނަށް
ރައްދުދިނުމުގެ ގޮތުން ބައެއް މީހުން މި ލިޔުން ލިޔުނު
އަންހެންމީހާއަށް ދީނުގެ ޙުކުމްތަކުގެ ތަޢްލީމު ދޭން
މަސައްކަތްކުރިއިރު އެ އަންހެންމީހާ ލިޔެފައިވަނީ "އިސްލާމްދީނަކީ
އެއްވެސް އަސާސެއް ނެތް އައިޑިޔަލޮޖީއެއް" ކަމަށެވެ. އިސްލާމް
ދީނުގެ ޙުކުމްތަކަށް ތަބާވުން ގުޅިފައިވަނީ މި ޙުކުމްތަކުގެ
ދަލީލުތައް އެކުލެވޭ މަޞްދަރުތަކުގެ ޞައްޙަކަމާއެވެ. އެހެންވީމާ
އިސްލާމް ދީނުގެ ޙުކުމެއް ގަބޫލުކުރާ މީހަކު ފުރަތަމަ އިސްލާމް
ދީނުގެ މަޞްދަރުތައް ގަބޫލުކުރަން ޖެހެއެވެ. އެކަމަކު މި
މަޞްދަރުތައް( މިސާލަކަށް ގުރުއާނާއި ސުންނަތް) ގަބޫލު ކުރުމުގެ
ކުރިން އިސްލާމީ ޢަޤީދާ ގަބޫލުކުރަންޖެހެއެވެ. މިދެންނެވި
އަންހެންމީހާ ލިޔުނު އާޓިކަލްގައި ލިޔެފައިވަނީ "ދީނަކީ އެއްވެސް
އަސްލެއްނެތް އައިޑިޔަލޮޖީއެއް" ކަމަށްވާނަމަ، އޭނާ އެބުނަނީ
"ތިމަންނަ ބޭނުމެއް ނޫނޭ ޤުރުއާނާއި ސުންނަތުގައި އޮތްއެއްޗެއް
ބަލާކަށް" ކަމަށެވެ. ވީމާ، އޭނާއަށް ރައްދު ދޭންވީ ޤުރުއާނުގެ
އާޔަތުންނާއި ޙަދީސަކުންނޫނެވެ. އެއީ އޭނާ ޖެހިލުމެއް ނެތި
ޤުރުއާނާއި ޙަދީޘް އެއީ ތިމަންނާ ގަބޫލުކުރާ އެއްޗެއް ނޫންކަމަށް
ބުނަމުންދާތީއެވެ. ނަމަވެސް ރާއްޖޭގެ ޢިލްމުވެރިން މާފޯރިއެއް
އަރުވާފައި އޭނާއަށް ދީނުގެ ޙުކުމްތައް ދަސްކޮށްދޭން އުޅެން
ފެށިގޮތުން ހީވަނީ އަސްލު މައްސަލައަކީ، ދީނުގެ ޙުކުމެއް
މާނަކުރުމުގައި އޮޅުމެއް އަރައިގެން މީހަކު އެއްޗެއް
ލިޔުނީހެންނެވެ.
މި އަންހެންމީހާ ދީނަކީ ޞައްޙަ
އެއްޗެއް ނޫންކަމަށް ލިޔެފައި، ދީނުގެ ޙުކުމްތަކުގައި ޚިޔާލު
ތަފާތުވާ ވާހަކަ ދެއްކުމަކީވެސް ދެކޮޅުނުޖެހޭ ވާހަކައެކެވެ.
އިސްލާމްދީނަކީ އެއްވެސް ހަރުދަނާ ބިންގަލެއް ނެތް އެއްޗެއް ކަމަށް
ދަޢްވާކޮށްފައި ހަމަ އެ ދީނުގެ ޙުކުމްތަކާއި ހިސާބަށް ދިޔުމަކީ
ބަހުސް ކުރުމުގެ އުސޫލުތައްވެސް ނޭނގޭކަން ސާބިތުކޮށްދޭ ކަމެކެވެ.
ލަފާކުރެވޭ ގޮތުގައި އެ އާޓިކަލުން މީހުންނަށް ދޭން އުޅޭ މެސެޖަކީ
ބުރުގާ އެޅިޔަސް ނޭޅިޔަސް އެކަމަކާއި އިސްލާމީ ޢަޤީދާއާއި އެއްވެސް
ގުޅުމެއްނެތް އެއްޗެއްގެ އުސޫލުން ޢަމަލު ކުރާށެވެ. އެހެންވީމާ
ބުރުގާވެސް އަޅަން ބޭނުން މީހަކު ބުރުގާއަޅަންވީ، އެމީހަކަށް އެއީ
"އިންސާނީ ޙައްގެއް" ކަމަށް ފެންނަ ނަމައެވެ. ގިނަމީހުން
ގަބޫލުކުރާގޮތުން މިގޮތަށް ކޮންމެވެސް ޢަމަލެއް ޢަޤީދާއާއި
ގުޅުމެއްނެތި ކުރުމުންވެސް އެކުރެވުނީ އިސްލާމީ ޢަމަލެކެވެ. ހަމަ
މިބީދައިން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ޙައްގުބަސް ބުނުމުގެ
ނަމުގައި ފާސިގު ޖަމާޢަތެއްގައި ހުރެގެން ޤުރުއާނުގެ އާޔަތްތައް
ބޭނުން ކޮށްގެން ހާސަރުތަކެއް ދެމީމަ އެއޮތީ ދީނަށް ނަޞްރު
ލިބިފައެވެ. ބިސްމި ކިޔާފައި ދީނުގައި ޖަނަވާރު ކަތިލުމުގެ
ޙުކުމާއި އެއްގޮތަށް އޫރެއް ކަތިލައިގެން ކެއުން ކަހަލަ ކަމެކެވެ.
އެހެންޏާފަހެ، ދީނުގައި "އަންގަވާފައިވާ ގޮތަށް ކަތިލެވުނީތާއެވެ.
|