18 April 2007

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

މަސްތުވުމަށް ހިތްވަރުދެވެނީ
18/04/2007 | ޝައިބާނީ

މިހާރު ހިނގާ ހާދިސާތަކާއި އެހާދިސާތަކާއި މެދު މީހުން ފާޅު ކުރާ ޚިޔާލުތަކަށް ވިސްނާލުމުން ހީވަނީ ދިވެހީންނަށް ޚާއްސަ އައު ވައްތަރެއްގެ މަސްތުވާ އެއްޗެއް އުފައްދަން ޖެހިއްޖެހެންނެވެ. އެއީ މިހާރު މީހުންގެ ނަޒަރުގައި މަސްތުވާ ތަކެތީގައި ފައިދާއާއި ގެއްލުންވެސް ހިމެނޭތީއެވެ. ފައިދާއަކީ، މަސްތުވާ އެއްޗެހިން ލިބޭ ހިތްވަރު ބޭނުންކޮށްގެން ސަރުކާރާއި އިދިކޮޅަށް" ގައްޑާ" ކަންތައްތައް ބަޔަކު ލައްވާ ކުރެވޭތީއެވެ. އަނެއްކޮޅުން ހަމަ އެ މަސްތުވާ އެއްޗެހި ބޭނުންކޮށްގެން އެއިން ލިބޭ "ހިތްވަރު" ބޭނުން ކޮށްގެން މީހުން ވައްކަން ކުރަނީވެސް މަދެއްކޮށެއްނޫނެވެ. އެކަމަކު ވައްކަންކުރީމާ އިވޭ އަޑަކީ؛ " މަސްތުވާތަކެތި ބޭނުންކުރާ އެންމެން މަރާލަންވީ" އެވެ. އަޖައިބެއް ކަހަލަ ވިސްނުމެކެވެ. މަސްތުވާތަކެއްޗަކީ އަހަރަމެން ބޭނުންވާގޮތަކަށް މަސައްކަތްކުރުވާ އެއްޗެއްހެއްޔެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން އިސްކޮށް ތިބެގެން ކުރާ ކަންކަމަށް ތަޢްރީފުކޮށް، ހީހީފައި ވާހަކަދައްކާއިރު، މިވަބާ އިތުރަށް ތަރައްގީ ކުރުމުގައި ތިމާގެ ހިއްސާ ކިހާ ބޮޑުކަމެއް މިކަހަލަ މީހުންނަކަށް ނުވިސްނެއެވެ. މިސާލަކަށް " ރޭ ޖަލްސާގައި ވަރަށް ފޯރި ހުރިދޯ! އެއްކަލަ ގޮލާމެން ނެތްބިރުން ގޮތެއް " މިހެން ބުނާއިރު ނުސީދާ ގޮތަކަށް ތަޢްރީފު މިކުރެވެނީ މަސްތުވާ އެއްޗެހީން ހިތްވަރު ލިބިގެން ބަޔަކު އެހެން ބަޔަކަށް ޖެއްސުން ކުރަން ހިންގި ޢަމަލަށެވެ. އިންސާނުން ކުރާ ޢަމަލުތަކުގެ ޞައްޙަކަން ގުޅިފައިވަނީ އެމީހާގެ ވިސްނުމުގެ ބިންގަލާއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޢަމަލުތަކުގެ ބިންގަލަކީ އެމީހުން ގަބޫލުކުރާ "މިނިވަން" ވިސްނުމުގެ ބިންގަލެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަމަލުތަކަށް ތަޢްރީފު ކުރުމަކީ އެމީހުންގެ އަސާސީ ފިކުރުތަކަށް ތަޢްރީފު ކުރުމެވެ. މިފިކުރުގެ ސަބަބުން ވައްކަންވެސް ހިނގާނެއެވެ. އަދި "ގައްޑާ" ކަންތައްތައްވެސް ބައެއްފަހަރު ހިނގާނެއެވެ. އެހެންވީމާ ހަމައެކަނި ސަރުކާރާއި އިދިކޮޅު ޢަމަލުތައް ކުރުވުމަށް މީހުން " މަސްތު" ކުރާނެ އައު އެއްޗެއް ހޯދަން ޖެހިއްޖެއެވެ.

މަސްތުވާތަކެތި ބޭނުން ނުކޮށް ދުރުގައި ތިބެގެން އެތަކެތި ބޭނުންކުރާ މީހުންނަށް ތަޢްރީފްކުރާ މީހުންނަކީވެސް ހަމަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެކޭ އެއްފަދައިން އާދަޔާ ޚިލާފު ހަނދާންނެތޭ ބައްޔެއް ޖެހިފައި ތިބޭ ބަޔެކެވެ. މިބަލީގެ އެއް ޢަލާމާތަކީ ވާހަކަ ދައްކާއިރު އެއް މައުޟޫއިން އަނެއް މައުޟޫއަށް ފުންމަފުންމައިގެން ދިޔުމެވެ.

ކޮންމެ ކަމަކުން ލިބޭނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ނުބަލާ އެކަމަކާއި ބެހޭގޮތުން އިސްލާމްދީނުގައި އޮތީ ކީކޭތޯ ބަލާނަމަ މިކަހަލަ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ތާށިނުވާނެއެވެ. އެއީ ހިނައިގަތުން ކަމުގައިވިޔަސް ނަމާދުކުރުން ކަމުގައި ވިޔަސް ނުވަތަ ސިޔާސީ މައިދާން ކަމުގައިވިޔަސް އެކަމެއް ކުރަންޖެހޭނީ ދީނުގައި އަންގަވާފައިވާ ގޮތަށެވެ. ގުދުވާށެ (ނަމާދުގައި) އަންގަވާފައި އޮތުމުން ގުދުވީމާ ނިމުނީއެވެ. މިވެނި ތަނެއް ދޮންނާށޭ (ވުޟޫ ކުރާއިރު) އަންގަވާފައި އޮތުމުން އެތަނެއް ދޮވެލީމާ ނިމުނީއެވެ. ރަލާ މަސްތުވާތަކެތި ޙަރާމްކުރައްވާފައި ވުމުން އެތަކެތި ބޭނުން ނުކުރަންވީ އެވެ. ކޮންމެހެން އޭގެ ފައިދާއަކާއި ގެއްލުމަކަށް ބަލާކަށް ނުޖެހެއެވެ.

 

 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved