|
ށ އަތޮޅު
ވޯޓު ގަތްކަމަށް ހެކި ބޭނުންވާ ގޮތައް އަންނި ބަންދު ކުރަން
ހެކިބޭނުން ނުވޭތަ؟
01/01/2006
| ޢަލީ ޙުސެއިން | އީ-މެއިލް
އީމެއިލް
އިން މިވެބްސައިޓަށް ފޮނުވާފައިވާ ލިޔުމުގައި ށ އަތޮޅުގެ ވޯޓް ތައް
އޮޅުވާލައިފައިވާކަމުގައި އަންނިވީދާޅުވި ވިދާޅުވުން
ކުއްވެރިކުރަނީ ކޮން ހައިސިއްޔަތަކުން ކަމެއް ނުވިސްނުނެވެ.
ހެއްކާއި ގަރީނާވެސް ލިބިދާނެއެވެ. ނަމަވެސް މިހިގަމުންދާ
ނިޒާމުގައި ހެއްކާއި ގަރީނާއަކީ އެއްވެސް ބޭނުމެއް ހުރި އެއްޗެއް
ނޫންކަން އެލިޔުންތެރިޔާއަށް ނުވިސް ނުނީތީވެ ހިތާމަ ކުރަމެވެ.
މީގެ ކުރިން ހިގި އިލެކްޝަނެއްގައި ކެނޑިޑޭޓަކު އިލެކްޝަން
ގަވައިދު ތަކާއި ހިލާފަށް ތަގުރީރެއް ދިންކަން އޯޑިއޯ ރިކޯޑިންގެ
ހެއްކާއެކު ކޯޓަށް ހުށައެޅުމުންވެސް އެކަންވަނީ ނުބެލިފައެވެ.
އެހެންކަމުން ދެން މިނިޒާމުކުރިމައްޗަށް ހެއްކާއި ގަރީނާ
ގެނެސްގެން މައްސަލަ ހުށައަޅަން ބޭނުންވާނީ ކާކުތޯއެވެ؟
އަދި
ހެއްކާއި ގަރީނާ ގެ ވާހަކަތެރެއަށް އަންނިގެނެސްގަންނައިރު އަންނި
އަކީ ކޮންހެއްކެއް ނުވަތަ ގަރީނާއެއް އޮވެގެން ބަންދު ކުރެވިފައިވާ
މީހެއްތޯ އެލިޔުންތެރިޔާ ބަލާލިތޯ އަޅުގަނޑު ހިތައްއަރައެވެ.
އަންނި މާލޭގައި ހުރިބިލްޑިންގ ތަކެއްގައި ރޯކޮށް ގާއުކިވާހަކަ
މުޅިދުނިޔެއަށް ބީ.ބީ.ސީގެ މެދުވެރިކޮށް އަދުގެ ރައީސް
ވިދާޅުވެލެއްވީ ކޮން ހެއްކަކާއި ގަރީނާއެއް އޮވެގެން ތޯއެވެ؟
އެއްވެސް ހެއްކެއް ނެތެވެ.
ހެއްކާއި
ގަރީނާ އަކީ މިނިޒާމުގައި ވަކިބަޔަކު ކުއްވެރިކުރަން
ބޭނުންކުރާއެއްޗެއްކަން އަދިވެސް ނުވިސްނެނީތޯއެވެ.
ދެން ޖެނިފާ
ލަތީފުގެ ވާހަކަ ލިޔުވާލަންތޯއެވެ. ބަންޑާރަ ނައިބު ވިދާޅުވިކަމަށް
ޤައުމުގެ ސްޕޯކްސްމަން ވިދާޅުވަނީ ފޮޓޯއާއި ވީޑިއޯ ޖެނީއާއި
ދެކޮޅަށް ހެކިދޭ ކަމަށެވެ. ނަމަވެސް އެހެކި ކޮބާތޯއެވެ؟ އެއްވެސް
މީހަކަށް ފެނުނީކީނޫނެވެ. އެހެރީ 10 އަހަރަށް ހުކުން ކޮށްފައެވެ.
ޖަލުގައި
މީހުންނަށް އިންސާނިއްޔަތާއި ހިލާފު އަނިޔާ ކުރާކަން އާންމުކޮށް
މީހުންނަށް އިގޭތާ ކިތައް އަހަރު ވެޖެތޯއެވެ؟ އަބަދުވެސް އިގެއެވެ.
ހެއްކާއި ގަރީނާ ލިބުނީ ހަމައެންމެ ފަހަރަކުއެވެ. އެއީ ކިތައް
މީހުން އެހެން މަރުވެގެން ދިޔަފަހުންހެއްޔެވެ؟ މިހާރުވެސް ޖަލުގައި
ހަމައެފަދަ އަނިޔާކުރަމުންދާކަން އާންމުކޮށް ދިވެހިންގެ ގިނަބަޔަކު
ޤަބޫލުކުރާކަން އިގޭނީ ސާވޭއެއް ކޮށްލީމައެވެ.
ބޭރުގެ
ޤައުމުތަކުގައި ޕާޓީ ސިސްޓަމް ތަކުގައި ކަންތައް ކުރާގޮތަށް
ރާއްޖޭގެ ސިޔާސީ ޕާޓީގެ ހަރަކާތްތައް މިނަން އަދި ނުފަށާށެވެ.
ކޮންމެހެން އެއީ ނުކޮށް ނުހުރެވޭނެ ކަމެއްކަމަށް އަމިއްލަޔަށް
ހީފުޅުވަނީނަމަ އެންމެ މަތިން ފައްޓަވާށެވެ. ޕާޓީތައް ކޮމްޕީޓުކުރާ
އިލެކްޝަނެއްނެތި އެތިބީ އެއް ޕާޓީއެއްގެބަޔަކު ވެރިކަމާ
ހަވާލުވެފައެވެ. އެއީ ޕާޓީސިސްޓަމް ހިންގާ ޤައުމުތަކުގައި
ކަންކުރާގޮތެއްނޫނެވެ. އަދުލް އިންސާފު ޤައުމުގެ ހަމަޖެހުން

|