|
ސްޕޯޓްސް މިނިސްޓްރީންވެސް ގާނޫނާ
ޚިލާފުވެއްޖެ!
30/03/2007
| ދިޕޮލިޓިކްސް
މިނިސްޓްރީ އޮފް ޔޫތު
އެންޑް ސްޕޯޓުސް އިން ގާނޫނު ނަންބަރު 93/4 (ދިވެހި ރާއްޖޭގެ
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު)
އާ ޚިލާފަށް މާލެ ޓްރެކް ސަރަހައްދުގައި ފާލަމެއްގެ ސިފައިގައި
ސަރަހައްދެއް ހަދައިފައިވާ ކަމަށް ބުނެ، މިނިސްޓްރީ އޮފް
އެންވަޔަރަމެންޓް، އެނަރޖީ އެންޑް ވޯޓަރ ގައި، މާލޭ ފުޓުބޯޅަ
ކުލަބުން މައްސަލަ ޖައްސައިފިއެވެ. 7 މާރޗް 2007 ވަނަ ދުވަހު
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، އެނަރޖީ އެންޑް ވޯޓަރ އަށް
ފޮނުވި ސިޓީގައި މާލޭ ފުޓުބޯޅަ ކުލަބުގެ ފަރާތުން ވަނީ ވަރަށް
ތަފްސީލު ކޮށް މި މައްސަލާގައި ވާހަކަ ދައްކާފައެވެ. މިގޮތުން
މިމައްސަލާގައި އެކުލަބުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މާލޭ ޓްރެކް
ސަރަހައްދުގައި ފާލަމެއްގެ ސިފައިގައި އަޅާފައިވާ ސަރަޙައްދު
ހަދާފައިވަނީ ގާނޫނު ނަންބަރު 93/4 (ދިވެހި ރާއްޖޭގެ ތިމާވެށި
ހިމާޔަތްކޮށް ރައްކާތެރި ދެމެހެއްޓުމާއި ބެހޭ ގާނޫނު) 5 ވަނަ
މާއްދާގެ (ހ) ގައި ބުނާ ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމާއި
ބެހޭ ދިރާސާ ރިޕޯޓް (އީއައިއޭ) ހުށަނާޅާ ކަމަށް ވާތީވެ، މިނިސްޓްރީ
އޮފް ޔޫތު އެންޑް ސްޕޯޓްސް އާއިމެދު މިނިސްޓްރީ އޮފް
އެންވަޔަރަމެންޓް، އެނަރޖީ އެންޑް ވޯޓަރ ގެ ފަރާތުން ފިޔަޅު
އަޅުއްވައި ދެއްވުމަށެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން މީގެ
ކުރިންވެސް ވަނީ ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމާއި ބެހޭ
ދިރާސާ ރިޕޯޓު މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، އެނަރޖީ އެންޑް
ވޯޓަރ އަށް ހުށަނާޅާ ތަރައްގީގެ މަސައްކަތެއް ކޮށްފައިވާ
ދެފަރާތަކާ މެދު އެ މިނިސްޓްރީ އިން ފިޔަވަޅު އަޅުއްވާފައެވެ. އެއީ
ކ.ވިލިވަރު ރިސޯޓާއި މާލޭ މުނިސިޕަލްޓީ އެވެ. އެ މިނިސްޓްރީން ވަނީ
މި ދެފަރާތްވެސް ވަރަށް ބޮޑު އަދަދެއްގެ ފައިސާއިން ޖުރިމަނާ
ކޮށްފައެވެ.
މާލެ ފުޓުބޯޅަ ކުލަބުން ބަޔާންކޮށްފައިވާ ފަދައިން ގާނޫނާ
ގާވާއިދާއި ޚިލާފުވާ ހުރިހާ ފަރާތްތަކާއި މެދު އެއް ހަމައަކުން
ޢަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުގެ
މުއައްސަސާތަކާއި މެދު ރައްޔަތުންގެ އިތުބާރު ނުގެއްލޭނީ
އެއިރުންނެވެ.
މާލޭ ފުޓުބޯޅަ ކުލަބުން މިނިސްޓްރީ އޮފް
އެންވަޔަރަމެންޓް، އެނަރޖީ އެންޑް ވޯޓަރ އަށް ފޮނުވި ސިޓީ
|